Last Updated: March 28, 21:27
Thursday, March 28, 2024
ރިޕޯޓް

"ރެހެންދި" ސްކޫލްގެ ލޯގޯ ޖާދު އަށް

ރާއްޖޭގައި މިހާތަނަށް ހުޅުވި އެންމެ ބޮޑު ސްކޫލްގެ ލޯގޯ ނުވަތަ ސްކޫލް ބެޖް ފަރުމާ ކުރުމުގެ ޝަރަފް އައްޑޫ މީހަކު ހޯދައިފި އެވެ.

އެއީ ހިތަދޫ ޖާދުﷲ ހަމީދެވެ. އޭނާއަކީ އާޓާ ގުޅުން ހުރި ތަފާތު ގިނަ މަސައްކަތްތައް ކުރަމުން އަންނަ ޕްރޮފެޝަނަލް އާޓިސްޓެކެވެ.

މި އަހަރުގެ ދިރާސީ އާ އަހަރާ އެކު ހުޅުމާލޭގައި ހުޅުވި ރާއްޖޭގެ އެންމެ ބޮޑު ސްކޫލް ކަމަށްވާ "ރެހެންދި" ސްކޫލްގެ ލޯގޯ ތައްޔާރުކޮށްފައި ވަނީ ޖާދު އެވެ.

ޖާދު ބުނީ އެ ފުރުސަތު އޭނާ އަށް ދިނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށެވެ. އެއީ ސްކޫލް ހުޅުވެން ތައްޔާރުވަމުން ދަނިކޮށް ޑިސެމްބަރު 15، 2014 ގަ އެވެ.

އޭނާ ބުނީ ރެހެންދި ސްކޫލްގެ ލޯގޯއަކީ ހަތަރު ވަރަކަށް ގަޑި އިރުގެ މަސައްކަތް ކަމަށެވެ. އަދި ސްކޫލުގެ ޔުނިފޯމްގައި ޖަހާފައިވާ ބެޖަކީ އޭނާ އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅި ތިން ޑިޒައިނުގެ ތެރެއިން މިނިސްޓްރީން ޗޫޒް ކުރި ޑިޒައިން ކަމަށް 51 އަހަރުގެ ޖާދު ބުންޏެވެ.

"މިއީ އަޅުގަނޑަށް ލިބުނު ބޮޑު ޝަރަފެއް. އަދި ފަަހުރެއް،" ވަޒީފާއެއްގެ ގޮތުގައި އާޓް މަސައްކަތް ކުރާ ޖާދު ބުންޏެވެ. "އަދި އެ ލޯގޯއަކީ ހިލޭ ސާބަހަށް ކޮށްދިން މަސައްކަތެއް. އެ ލޯގޯ އަޅުގަނޑު ހަދިޔާ ކުރާނީ ރެހެންދި ސްކޫލްގެ ހުރިހާ ދަރިވަރުންނަށް."

THGHB

ޖާފު ބުނީ އެ ލޯގޯ ފަރުމާ ކުރުމުގެ ފުރުސަތު އޭނާ އަށް ލިބުނީ އައްޑޫ ހައި ސްކޫލްގެ ލޯގީ މިނިސްޓްރީ އަށް ކަމުގޮސްގެން ކަމަށެވެ. ހައި ސްކޫލްގެ ލޯގޯއަކީ ވެސް ޖާދުގެ މަސައްކަތެވެ.

މީގެ އިތުރުން އޭނާ ވަނީ ހިތަދޫ ސްކޫލްގެ ލޯގޯ ވެސް ތައްޔާރުކޮށްފަ އެވެ. އެއީ އެ ސްކޫލްގައި ކިޔަވަން އުޅެލުމުންނެވެ. އެއީ މީގެ 31 އަހަރު ކުރިންނެވެ.

ދައުލަތުގެ ބަޖެޓުން 110 މިލިއަން ރުފިޔާ ހަރަދުކޮސްގެން އިމާރާތް ކުރި ރެހެންދި ސްކޫލް ނިސްބަތްވަނީ ރާއްްޖޭގައި ރަނިކަން ކުރެއްވި ރެހެންދި ހަދީޖާއަށެވެ.