Last Updated: April 24, 23:11
Wednesday, April 24, 2024
ރިޕޯޓް

"ޒުމްބާ" އަށް ހީޓުން ރަނުގެ ފުރުސަތެއް

ފެބްރުއަރީ މަހު ހިންގާ ދެ ދުވަހުގެ ކޯހުގައި ކިޔަވައިދޭން ހަމަޖެހިފައިވާ ސުޝާތާ ޕޯލް

މަޝްހޫރު ކަސްރަތު ޕްރޮގްރާމެއް ކަމަށްވާ ޒުމްބާ އިންސްޓްރަކްޓަރަކަށް ވާން ބޭނުން ރަށްރަށުގެ ޒުވާނުންނަށް ފުރުސަތު ލިބޭ ގޮތަށް ހީޓުން ހާއްސަ ކޯހެއް ފެބްރުއަރީ 6-7 ގައި ބާއްވަން ނިންމައިފި އެވެ.

ޒުމްބާ އިންޓަނޭޝަނަލް ކުންފުންޏާ ގުޅިގެން ބާއްވާ ބޭސިކް 1 އިންސްޓްރަކްޓަ ޓްރެއިނިން ކޯހާއި ބެހޭގޮތުން ހީޓްގެ އޮފިޝަލަކު ބުނިގޮތުގައި ޒުމްބާ ކޯހެއް ރާއްޖެއިން ބޭރަށް ގޮސްގެން ހަދާ ނަމަ ގިނަ ޚަރަދުތަކެއް ހިނގާނެ ކަމަށާއި ނަމަވެސް ހީޓުން ބާއްވާ ދެ ދުވަހުގެ ކޯސް ކުޑަ ޚަރަދަކުން ހެދޭނެ ކަމަށެވެ.

އޭނާ ބުނި ގޮތުގައި ހީޓުން ބަލަނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ޒުމްބާ އިންސްޓްރަކުޓަރެއް ބަހައްޓާށެވެ.

އެހެންކަމުން ފެބްރުއަރީ މަހުގެ ކޯސް ހެދުމުން އަމިއްލަ ރަށުގައި ތިބެގެން ކުލާސްތައް ހިންގޭނެ ކަމަށާއި މިއީ އާމްދަނީ ހޯދުމުގެ ގޮތުން ވެސް ރަށުގައި ކުރެވިދާނެ ރަނގަޅު ކަމެކެވެ.

"ހީޓުން މަސައްކަތް ކުރަނީ ހަމައެކަނި މާލޭގައި އުޅޭ މީހުންނަށް ކަސްރަތުގެ ހަރަކާތްތައް ކުރިއަށް ގެންދާކަށެއް ނޫން. ރާއްޖޭގެ ހުރިހާ ހިސާބަކަށް އަމާޒުކޮށްގެން ވެސް ކަސްރަތުގެ ބައި ކުރިއަށް ގެންދަން ބޭނުން. މީހުން ތަމްރީންކުރަން ވެސް ބޭނުން،" އޭނާ ބުންޏެވެ.

ދެ ދުވަހުގެ މުއްދަތަށް މާލޭގައި ހިންގާ މި ކޯހުގައި އިނގިރޭސި އެނގޭ ކޮންމެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ރަޖިސްޓްރީ ވާން ޖެހޭނީ www.zumba.com މި ސައިޓަށް ވަދެގެން އަމިއްލައަށެވެ. މިއީ ކަސްރަތަށް ލޯބި ކުރާ ފަރާތްތަކަށް ލިބިގެން ދާނެ ރަނުގެ ފުރުސަތަކަށް ވާނެ އެވެ.

އަދި ހާއްސަކޮށް ދުޅަހެޔޮ ސިއްހަތަކަށް ލޯބި ކުރާ ފަރާތްތަކަށެވެ.