Last Updated: April 23, 12:16
Tuesday, April 23, 2024
ވިޔަފާރި

ހިތަދު އަށް ދިރާގުން 4ޖީ ތައާރަފު ކުރަނީ

ފުވައްމުލަކަށް 4ޖީގެ ހިދުމަތް ތައާރަފު ކުރުމުގެ ތެރެއިން: މިރޭ ހިތަދު އަށް ވެސް ތައާރަފު ކުރާބެ. ފޮޓޯ/ ދިރާގް

މުއާސަލަތީ ހިދުމަތް ދޭ މައި ކުންފުނި، ދިރާގުގެ މޮބައިލް އިންޓަނެޓް ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީު ހިތަދޫއަށް މިރޭ 4ޖީ އެލްޓީއީ ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިރާގުން ބުނެފި އެވެ.

އެނގިފައިވާ ގޮތުގައި 4ޖީ ހިދްމަތް ތައާރަފް ކުރާ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި މިރޭ 8:30 ގަ އެވެ.

އައްޑޫގައި މިރޭ 4ޖީ ހިދްމަތް ތައާރަފްކުރާއިރު މިދިޔަ ހުކުރު ދުވަހުގެ ރޭ ދިރާގުން ވަނީ ފުވައްމުލަކުގައި ވެސް 4ޖީ ހިދްމަތް ތައާރަފްކޮށްފަ އެވެ.

ފުވައްމުލަކުގައި 4ޖީ އެލްޓީއީ ތައާރަފް ކުރި އިރު، މިވަގުތު ދިރާގުން ދަނީ ރާއްޖޭގެ ފަސް އަތޮޅަކަށް އެ ހިދުމަތް ފޯރުކޮށް ދެމުންނެވެ.