Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ޑްރަގާ އެކު ދެ މީހަކު ހިތަދޫން ހައްޔަރުކޮށްފި

ހިތަދޫ ޕޮލިސް ސްޓޭޝަން: . ފޮޓޯ/ އައްޑޫ ލައިވް

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއެކު މީހަކު އައްޑޫ ސިޓީ ހިތަދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައި ވަނީ މިއަދު 01:58 ހާއިރު ހިތަދޫ ސްކޫލު ކަންމަތިން ކަމަށެވެ.

ހިތަދޫ ސްކޫލު ކަންމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ލައިގެން ހުރި ސޯޓުގެ ވައަތް ފަރާތު ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާއިރު އޭނާ ހުރިދިމާ ބިންމަތިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.

މިމައްސަލައާ ގުޅިގެން ފުލުުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.