Last Updated: April 19, 11:14
Friday, April 19, 2024

* ބޭނުންވާ ތަކެތި:

6 ބިސް އަދި ވަކިން ދެ ބިހުގެ ގޮބޮޅި

1/2 ޖޯޑް ހަކުރު

1/4 ލޮނު

4 ޖޯޑު ކިރު

1 ސައިސަމުސާ ވެނީލާ

1/2 ސަމުސާ ގާނާފައި ހުރި ނަޓްމެގް

* ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަވައެއްގެ ތެރޭގައި ބިހާ އެކު ހަކުރާއި ލޮނު ރަނގަޅަށް ގިރާށެވެ. ދެން މަޑުމަޑުން ރަނގަޅަށް ގިރަމުން އޭގެ ތެރެއަށް ކިރު އަޅަމުން ގެންދާށެވެ.

ރަނގަޅަށް ގިރާލުމަށް ފަހު، ދެން ފުރާނާލާނީ އެވެ. ދެން އޭގެ ތެރެއަށް ވެނީލާ އަޅާފައި އަނެއްކާ ވެސް ރަނގަޅަށް މިކްސް ކުރުމަށް ފަހު، ހަތަރު ގަޑި އިރުވަންދެން އައިސް އަލަމާރީގައި ބަހައްޓައިގެން ފިނި ކުރާށެވެ.

ސާވް ކުރާ އިރު، ގާނިޝްކޮށްލުމުގެ ގޮތުން ގާނާފައި ހުރި ނަޓްމެގް މައްޗަށް ބުރުވައިލާށެވެ.

މިއީ ހަށިގަނޑަށް ފައިދާ ހުރި ބުއިމަކަށް ވާނެ އެވެ.