Last Updated: April 25, 12:03
Thursday, April 25, 2024
ސިޔާސީ

ފަހުމީ އެކްޓިން މޭޔަރަކަށް

އައްޑޫ މޭޔަރު ރަސްމީ ދަތުރެއްގައި އަބޫދާބީ އަށް ވަޑައިގަތުމާއި ޑެޕިއުޓީ މޭޔަރު ޗުއްޓީގައި ހުންނެވުމާ ގުޅިގެން އެކްޓިން މޭޔަރގެ ޒިންމާތަކާ ފޭދޫ ކައުންސިލަރު އަލީ ފަހުމީ އަހުމަދު ހަވާލުވެވަޑައިގެންފި އެވެ.

މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އަބޫދާބީ އަށް ވަޑައިގެންފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުގަ އެވެ. އެއީ އެ ގައުމުގައި ބާއްވާ ޒައިދު ފިއުޗަ އެނަޖީ އެވޯޑް ހަފުލާގައި ބައިވެރިވެޑައިގަތުމަށެވެ.

މި އަހަރުގެ އެވޯޑް ހަފުލާގައި އައްޑޫ ހައި ސްކޫލް ވަނީ އިޔާދަކުރަނިވި ހަކަތަ ދާއިރާ އިން ނޮމިނޭޓްވެފަ އެވެ.

މޭޔަރު ރާއްޖޭން ބޭރަށް ވަޑައިގެންނެވި އިރު، ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބް ވެސް ހުންނެވީ ޗުއްޓީއެއްގަ އެވެ.

އެހެންވެ އެކްޓިން މޭޔަރުގެ ޒިންމާތައް މިހާރު ނަންގަވަނީ ފަހުމީ އެވެ.

ރޭ އައްޑު އަށް ދިރާގުފެ 4ޖީ ހިދުމަތް ތައާރަފު ކުރަން ބޭއްވި ހަފުލާގައި ވެސް ފަހުމީ އެކްޓިން މޭޔަރުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވި އެވެ.

HGJHK

ފަހުމީއަކީ ފޭދޫ ކުރީގެ ކައުންސިލަރު އަބްދުﷲ އަސްވާން ކުއްލި ގޮތަކަށް ޖުލައި 8، 2014 ގައި އަވަހަރާވުމާ ގުޅިގެން، ކައުންސިލަރުގެ ގޮނޑި އަށް އިންތިހާބު ކުރެއްވި ބޭފުޅެކެވެ.