Last Updated: April 19, 17:23
Friday, April 19, 2024
ވިޔަފާރި

"4ޖީ މިކޯ އައްޑޫ ސިޓީން ލިބޭހެއް"

ރާއްޖޭގައި މުވާސަލަތީ ހިދުމަތް ދޭ މައި ކުންފުނި ދިރާގުން އައްޑު އަށް 4ޖީގެ ހިދުމަތް ރޭ ތައާރަފުކޮށްފި އެވެ.

ޝަރަފުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް އައްޑު އަށް ރަސްމީކޮށް ތައާރަފުކޮށް ދެއްވީ ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދުއެވެ.
DSC_5821

ދިރާގުން 4ޖީ ހިދުމަތް އައްޑު އަށް ދޭން ފެށިކަން ފާހަަގަކޮށް ދިރާގުން ވަނީ އައްޑޫ ސިޓީ ކައުންސިލަށް ހަނދާނީ ލިޔުމެއް ވެސް ދީފަ އެވެ.އެ ލިޔުން ކައުންސިލާ ހަވާލުކޮށްދެއްވީ ދިރާގުގެ އިސްވެރިންނެވެ.

ކައުންސިލްފެ ފަރާތުން ލިޔުމާ ހަވާލުވެވަޑައިގަތީ އައްޑޫގެ އެކްޓިން މޭޔަރު ފޭދޫ ދާއިރާގެ ކައުންސިލަރު އަލީ ފަހުމީ އެވެ.

މާލެ ފިޔަވައި ރާއްޖޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު އައްޑު އަށް، 4ޖީގެ ހިދުމަތް ތައާރަފުކޮށް ދެއްވުމަށް ފަހު، އިސްމާއީލް ވިދާޅުވީ އައްޑު އަކީ ދިރާގުން ދެމުން އަންނަ ހުރިހާ ހިދުމަތްތަކެއް މާލެއެކޭ އެއްގޮތަށް ދެމުން އަންނަ ސަރަހައްދެއް ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ އަގު ބޮޑު އިނާމުތަކެއް ލިބޭ ލަކީޑްރޯއެއް ވެސް ކުރިއަށް ގެންގޮސް، ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފަ އެވެ.

މީގެ ތެރެއިން އެންމެ ފާހަގަ ކުރެވުނީ ދިރާގު 4ޖީ ސިމަކާ އެކު، ގުރުއަތުން ހޮވުނު ފުރަތަމަ ތިން ފަރާތަށް އިނާމެއްގެ ގޮތުގައި ސެމްސަންގް ގެލެކްސީ ނޯޓް 4 އިނާމެއްގެ ގޮތުގައި ދިނުމެވެ.

އައްޑުއާ އެކު މި ވަގުތު ރާއްޖޭގެ ހަ ސަރަހައްދަކަށް ދިރާގުން މިހާރު ވަނީ 4ޖީގެ ހިދުމަތް ތައާރަފުކޮށްފަ އެވެ