Last Updated: March 29, 17:30
Friday, March 29, 2024
ރިޕޯޓް

ބެރަ ޖެހި މާކަނާ

އެއް ދުވަހަކި އެއް ދުވަހަކި މާކަނާ ގަލަކަށް ގުއައް ލާފި. މި ގުއާ ލާފެއި އެބެގޭމެއި ރަޅާ ޖަހަފެއި ދޮއްވަލި. ދޮއްވަލާއި ހިށިވޭލެއި މާކަނާ އާސް އަހަފި ތިމާ މިތާން ލީ ގުއާ ކޮބާތައު.

ބެނިމެއި ރަޅާ ކޭފި ތަ ގުއައްކަން މަ ގުއައްކަން ނިއެނގި ތިމާ ދޮއްވަލިމާއު. ވީމެއި އޭގެ ބަދަލި ތަށް ދޭނެއި ރަޅައްތައު ނުންފެހޭ ގުއައްތައު. މާކަނާ ބެނި އެންމެ ރަނގަޅާއު ރަޅައް ދޭއްކެން.

ރަޅާ ތުނބެލާގެން ގޮސް އެއްބާކިން ދެޔަ ތެލަކަމުން އެން ނިދެމިގެން ތިބިވޭލެއި އެތާން ވައްޓަލި. ރަޅާ ވެއްޓިމެއި އެވެރިޔަ އެން ދަމަގަތާ. އެން ދަމަގަތް ފަހުން މާކަނާ ބާއި.

އާސް އަހަފި ތިމާ މިތާން ވެއްޓި ރަޅާ ކޮބާތައު. އެވެރިޔަ ކޭފިޔަ ތަ ރަޅައްކަން ތިމާފިރިން ރަޅައްކަން ނިއެނގި އެން ދަމަގަތްމާއު. އެހެންވީމެއި ބަދަލި ތަށް ދޭނެއި އެމައްތައު ނުންފެހޭ ރަޅައްތައު. މާކަނާ ބެނި އެމައް ދޭއްކެން.

އެމާ ތުނބެލާގެންގޮސް އެއްބާކިން އެން ނެތިގެން މަސް ނިބޭވިގެން ތިބިވޭލެއި ދޯނެ މަޅޮމާތަށް ވައްޓަލި. އެވެރިން ހެދިލެކަކީ އެމާ ބިޅިޔެ އެޑަފެއި މަސްބާގަތާ. މަސްބާގަތްފަހުން މާކަނާ އާސް އަހަފި ތިމާ މިތަން ވެއްޓި އެމާ ކޮބާތައު.

މިވެރިޔަ ކޭފިޔަ މަސްނިބޭވިގެން ތިބިވޭލެއި ފެނެނެ އެމާ މެއްޔައު. އަފިރިން މަސްބަގަތްމާއު. އޭގެ ބަދަލި ތަށް ދޭނެއި މަހައް ތައު ނުންފެހޭ އެމައްތައު. މާކަނާ ބެނި އެންމެ ރަނގަޅާއު މަހައް ދޭއްކެން.

މަހާ ތުނބެލާގެންގޮސް އެއްބާކިން ދަރޮހޯދާށް ތިބިވޭލެއި އެވެރިން ކުރިމައްތަށް ވައްޓަލި. މިވެރިން ހެދި ލެކަކީ މަހާ މެލުވަގެން ކާފިޔަ.

ކާފީ ފަހުން މާކަނާ އާސް އަހަފި ތިމާ މިތާން ވެއްޓި މަހާ ކޮބާތައު. މިވެރިޔަ ކޭފިޔަ ތަ މަހައްކަން އަފިރިން މަހައްކަން ނިއެނގި ކާފިމާއު. ވީމެއި އޭގެ ބަދަލި ތަށް ދޭނެއި ދަރޮބޭނޑައްތައު ނުންފެހޭ މަހައްތައު. މާކަނާ ބެނި ދަރޮބޭނޑައް ދޭއްކެން.

ދަރޮބެނޑިޔަ ތުނބެލާގެންގޮސް މޭލިޔަގެ ދިޔަ ދަރޮ ނެތިގެން ފަންނަތް ލާފެއި ރާ ހިޔާށް އިންތާކަށް ވައްޓަލި. އެޔަ ހެދިލެކަކީ ދަރޮލާފެއި ރާ ހިޔަގަތް. ރާ ހިޔަގަތް ފަހުން މާކަނާ އާސް އަހަފި ތިމާ މިތާން ވެއްޓި ދަރޮބެނޑިޔަ ކޮބާތައު.

މިދެ ކޭފި ތަ ދަރޮބޭނޑަށްކަން މަ ދަރޮބޭނޑަށްކަން ނިއެނގި ދަރޮލާފެއި ތިމާ ރާ ހިޔަގަތްމާއު. ވީމެއި އޭގެ ބަދަލި ތަށް ދޭނެއި ފަނި ތުޅައްތައު ނުންފެހޭ ދަރޮބޭނޑައް ތައު. މާކަނާ ބެނި ފަނި ތުޅައް ދޭއްކެން.

ފަނިތުޅާ ތުނބެލާގެންގޮސް އެހެކާ ފަނި ނެތިގެން ކުބުސް ނިއެޑިގެން ހިށިތާކަށް ވައްޓަލި. މިޔަ ހެދިލެކަކީ ފަނި އެޑަގެން ފިށި ގަރަގެން ކުބުސް އެޑަގައް.

ވޭލަކެޑަކުން މާކަނާ އާސް އަހަފި ތިމާ މިތާން ވެއްޓި ފަނިތުޅާ ކޮބާތައު. މިދެ ކޭފި ތަ ފަނިތުޅައްކަން ތިމާ ފަނިތުޅައްކަން ނިއެނގި ކުބުސް އެޑަގަތްމާއު. ވީމެއި އޭގެ ބަދަލި ތަށް ދޭނެއި ކުބުހައްތައު ނުންފެހޭ ފަނިތުޅައްތައު. މާކަނާ ބެނި ކުބުހައް ދޭއްކެން.

ކުބުހާ ތުނބެލާގެންގޮސް ފޭރު ކަލޭގެ ފޭރާންކެރާ ތަތުނެކެޑަށް ވައްޓަލި. ފޭރުކަލޭގެ ދަށްވަޑަށް ޖަހަމުން މަތިވަޑަށް ނަގަމުން ކަމުން އޭވޭލެއި ކުބުހާ ހުސްވެގެ.

HGHJKHLK (2)

ވޭލަކެޑަކުން މާކަނާ އާސް އަހަފި ތިމާ މިތާން ވެއްޓި ކުބުހާ ކޮބާތައު. ފޭރުކަލޭގެ ކޭފި ތަ ކުބުހައްކަން މަ ކުބުހައްކަން ނިއެނގި ކާއި ހުސްވެގެޔައު. ވީމެއި އޭގެ ބަދަލި ތަށް ދޭނެއި އޫ ތޭރާއްތައު ނުންފެހޭ ކުބުހައްތައު. މާކަނާ ބެނި އޫ ތޭރާއް ދޭއްކެން.

އޫތޭރާ ތުނބެލާގެންގޮސް އެއްބާކިން އޫ މަދޮވެގެން ނަނޮ ނިއެޑިގެން ތިބިތާކަށް ވައްޓަލި. މިވެރިޔަ އޫތޭރާ ލާފެއި ނަނޮ އެޑަގަތާ. އެޑައި އަވިދިވެގޭފަހުން މާކަނާ އާސް އަހަފި ތިމާ މިތާން ވެއްޓި އޫތޭރާ ކޮބާތައު.

އެވެރިޔަ ކޭފިޔަ ތަ އޫތޭރާއްކަން އަފިރިން އޫތޭރާއްކަން ނިއެނގި ނަނޮ އެޑަގަތްމާއު. ވީމެއި ބަދަލި ތައް ދޭނެއި ނަނައްތައު ނުންފެހޭ އޫ ތޭރާއްތައު. މާކަނާ ބެނި ނަނައް ދޭއްކެން.

ނާ ތުނބެލާ ގެންގޮސް ކޯގަނޑި ފުއްޗަލޯ ނަނޮ މަދޮވެގެން ބެރަ ނިއެޑިގެން ހިށިތާން މިޔާ ވައްޓަލި. ބެރަ އެޑައި ނިމެނެކޯ މާކަނާ އާސް އަހަފި ތިމާމިތާން ވެއްޓި ނަނާ ކޮބާތައު.

ކޯގަނޑި ފުއްޗަލޯ ކޭފި ތަ ނަނައްކަން މަ ނަނައްކަން ނިއެނގި ތިމާ ބެރަ އެޑަގަތްމާއު. ވީމެއި އޭގެ ބަދަލި ތަށް ދޭނެއި ބެރާއްތައު ނުންފެހޭ ނަނައްތައު. މާކަނާ ބެނި ބެރާއް ދޭއްކެން.

ބެރާ ތުނބެލާގެންގޮސް މޭލިޔަގެ ފަންނެ ހިށި ކޭގެހަކި ކުރިޔަށް ތިރިކޮށްލި. އެތެއި ހިށެ ބެރާއި ދެފަރާތި ފިޔަގަނޑުން ތަޅަތަޅަފެއި ކީ އަންބާކީ ގުއައް ދެރެފެއި ރަޅައް ގަތިން.
ރަޅައް ދެރެފެއި އެމައް ގަތިން. އެމައް ދެރެފެއި މަހައް ގަތިން. މަހައް ދެރެފެއި ދަރޮބޭނޑައް ގަތިން. ދަރޮބޭނޑައް ދެރެފެއި ފަނިތުޅައް ގަތިން.

ނިތުޅައް ދެރެފެއި ކުބުހައް ގަތިން. ކުބުހައް ދެރެފެއި ތޭރާއް ގަތިން. ތޭރާ ދެރެފައި ނަނައް ގަތިން. ނަނޮ ދެރެފައި ބެރާއް ގަތިން. ތަ ބެރައް ނުން މަ ބެރައް ނުން. ކޯގަނޑި ފުއްޗަލޯ ބެރާ ރަވާ ރަވާ.