Last Updated: March 29, 11:09
Friday, March 29, 2024
މުނިފޫހިފިލުވުން

"ޑިޝޫމް" ގައި ވަރޫން، ޖެކޮލިން އަދި ޖޯން

ރޯހިތު ދަވަންގެ ދެވަނަ ފިލްމް "ޑިޝޫމް" ގެ ތަރިންނަށް އޭނާގެ ކޮއްކޮ ވަރުން ދަވަން އާއި ޖެކޮލިން ފެނާންޑޭޒްގެ އިތުރުން ޖޯން އަބްރަހަމް ހަމަޖައްސައިފި އެވެ.

މިއީ 2011 ވަނަ އަހަރު ރޯހިތު ޑައިރެކްޓް ކުރި "ދޭސީ ބޯއިސް" އަށް ފަހު، އޭނާ ޑައިރެކްޓް ކުރާ ދެވަނަ ފިލްމެވެ. އަދި ރޯހިތާ އެކު ޖޯން މަސައްކަތް ކުރާ ދެވަނަ ފަހަރެވެ.

"ދޭސީ ބޯއިސް" ގައި ލީޑް ރޯލް ކުޅެފައި ވަނީ ޖޯންގެ އިތުރުން އަކްޝޭ ކުމާރާއި ދީޕިކާ ޕަދްކޯން އަދި ޗިތުރަންގަދާ ސިންގެވެ.

HJHK (2)

މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ދޮށީ ފިރިހެން ދަރިފުޅު ރޯހިތުގެ ދެވަނަ ފިލްމް "ޑިޝޫމް" ޕްރޮޑިއުސްކޮށްފައިވާ ކާމިޔާބު އެތަކެއް ފިލްމެއް މިހާތަނަށް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޕްރޮޑިއުސަރު/ޑައިރެކްޓަރު ސާޖިދު ނަދިއަދްވާލާގެ ނަދިއަދްވާލާ ގްރޭންޑްސަން އެންޓަޓައިންމަންޓް (އެންޖީއީ) އިންނެވެ.

HJHK (1)
"ޑިޝޫމް" ގެ ތަރިން އިއުލާން ކުރި ނަމަވެސް، ފިލްމުގެ ވާހަކަ އާ ބެހޭ ގޮތުން އަދި މިހާތަނަށް އެއްވެސް ތަފުސީލެއް ނުލިބެ އެވެ. އެހެންވެ މިއީ ކޮން ކަހަލަ ހާދިސާތަކެއް ދައްކުވައި ދޭ ފިލްމެއްކަން އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.