Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

"އާގަލާ ކުއީން" ގެ އިންޖީނު ހުއްޓިއްޖެ

ރޭ ދަންވަރު މާލޭން ފރައިގެން އައްޑު އަށް ދަތުރު ކުރަމުން ދަނިކޮށް ހިތަދޫ "އާގަލާ ކުއީން" ގެ އިންޖީނު ހުއްޓުމާ ގުޅިގެން އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ބޯޓުގެ އިންޖީނު ހުއްޓިފައި ވަނީ އައްޑޫ އާ ނުވަ މޭލު ބޭރުންނެވެ. އެހެންވެ މިހާރު އިތުރު އުޅަނދުތަކެއް ބޯޓް ކައިރި އަށް ގެންގޮސް އެއަށް ދިމާވި މައްސަލަ އަންނަނީ ހައްލު ކުރަމުންނެވެ.

ބޯޓްގެ އިންޖީނު ހުއްޓުނު އިރު ފަޅުވެރިންނާ އެކު ބޯޓުން 35 މީހުން ދަތުރު ކުރި އެވެ.

މި ހާދިސާގައި ނުރައްކާތެރި އެއްވެސް ކަމެއް ހިނގާފައި ނުވާ އިރު، ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށް ބޯޓުން ބުންޏެވެ. އަދި އޭގައި ތިބި މީހުން ތިބީ ސަލާމަތުން ކަމަށް ވެސް އާގަލާ ކުއީނުން ބުންޏެވެ.

"އާގަލާ ކުއީން"އަކީ އައްޑު އާއި މާލެ އާ ދެމެދު ދަތުރު ކުރާ އެންމެ ބޮޑު ބޯޓެވެ. އަދި މިއީ ވަރަށް ޒަމާނީ ގޮަތަކަށް ބަނދެފައިވާ ބޯޓެކެވެ.