Last Updated: March 28, 21:55
Thursday, March 28, 2024
މީހުން

މޯޑް އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އަށް މޯލްޑިްވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯގެ މަގާމް ދޭން ނިންމައިފި އެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި މޯޑް އެ މަގާމަށް އައްޔަން ކުރަން އެމްޕީއެލްގެ ބޯޑުން ނިންމީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި އޭނާ މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ އެމްޕީއެލްގެ ދަށުން ހިންގާ ހިތަދޫ ސަރަހައްދީ ބަނދަރުގަ އެވެ.

ކުރިން ހިތަދޫ މެދު ދާއިރާގެ މެމްބަރުކަން ކުރެއްވި މޯޑް މިފަހަރުގެ މަޖްލިސް އިންތިހާބްގައި، ހިތަދޫ މެދު ދާއިރާގެ ޕްރައިމަރީގައި ވާދަކޮށް ވަނީ ނާކާމިޔާބުވެފައެވެ. އޭގެ ފަހުން މޯޑް މަސައްކަތް ކުރައްވަމުން ގެންދިޔައީ ޕީޕީއެމް ހިިތަދޫގެ އެކްޓިވިސްޓެއްގެ ގޮތުގައެވެ.

ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސްވެރިއަކަށް މޯޑް ހަަމަޖެއްސި އިރު، އޭނާއަކީ ފެބްރުއަރީ 8، 2012 ގައި އައްޑޫގައި ހުޅު ޖެހި މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ ވެސް ކުރާ މީހެެކެވެ.