Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

ފޭދޫ ބިން ހިއްކަން އީއައިއޭ ހަދަން ބަޔަކު ހޯދަނީ

ފޭދޫގެ ބިން ހިއްކުމަށްޓަކައި ހަދަން ޖެހޭ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އައިއޭ) ހަދައި ދޭނެ ފަރާތެއް ހޯދަން ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނީ އީއައިއޭ ހަދައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމަ އަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

ބިމުގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ އަދި ހަ ހާހެއްހާ މީހުންގެ އާބާދީއެއް އޮތް ފޭދޫން ހިއްކަނީ ވަނީ 46 ހެކްޓަރުގެ ބިމެވެ.

އެކަމަށް 170 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.

އެ ފައިސާގެ ތެރެއިން 21 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓްގައި ވަނީ ހިމަނައިފަ އެވެ.