Last Updated: March 28, 19:01
Thursday, March 28, 2024
ވިޔަފާރި

ޝެއިޚް އިލްޔާސްގެ ދަރުސް މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވުމުގެ ފުރުސަތު ނުދިން!

ރޭ ޣިޔާސުއްދީން ސްކޫލްގައި، "ކީރިތި ޤުރުއާން ހިތްތަކުގެ ދިރުން" ނަމުގައި ޝެއިޚް އިލްޔާސް ޙުސައިން ދެއްވި ދަރުސް ބޭއްވުމަށް މާލޭގެ ކާނިވާ ސަރަހައްދު ހޯދުމަށް އެދުނު ނަމަވެސް އެތަން ހައުސިން މިނިސްޓްރީގެ ފަރާތުން ދޫނުކުރި ކަމަށް ބުނެ އަދާލަތު ޕާޓީ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަދާލަތު ޕާޓީގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި، ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން މާލޭގެ ކާނިވާ ސަރަހައްދުގައި ދަރުސް ބޭއްވުމަށް މަސައްކަތް ކުރި ކަމަށެވެ.

އޮފިޝަލް ބުނި ގޮތުގައި، ރޭ (ހުކުރު ދުވަހުގެ ރޭ) ބޭއްވި ދަރުސް ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ޓަކައި ހައުސިން މިނިސްޓްރީގެ ފަރާތުން އެކަމުގެ ހުއްދައަށް އެދުނު ކަމަށާއި ނަމަވެސް އެ ފުރުސަތު ދީފައި ނުވާކަމަށެވެ.
187833810c0c7c78cdf35cb99b35ee7efeff422817b040ba316aa0ec33dbadcd
ރޭ ޣިޔާސުއްދީން ސްކޫލްގައި ބޭއްވި ދަރުސް ފެށުމުގެ ކުރިން ވާހަކަ ދައްކަވަމުން ޑރ. އިޔާޟް އަބްދުއްލަތީފް ވެސް ވަނީ އެކަން ފާހަގަ ކުރައްވައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ކީރިތި ޤުރުއާން ހިތްތަކުގެ ދިރުން" ނަމުގައި ޝެއިޚް އިލްޔާސް ދެއްވި ދަރުސް އަޑުއެހުމަށް ގިނަ އަދަދެއްގެ ބަޔަކު ދިޔަކަން ފާހަގަކޮށްލެވެއެވެ.