Last Updated: April 18, 22:36
Thursday, April 18, 2024
ކުޅިވަރު

ހިތަދޫ ހަންނާ އީގަލްސްއަށް!

ހިތަދޫގެ އުއްމީދީ ޒުވާން ފުޓްބޯޅަ ކުޅުންތެރިއާ ހަސަން ރާއިފް އަހްމަދު (ހަންނާ) ދެ އަހަރުގެ އެއްބަސްވުމަކަށް ކްލަބް އީގަލްސް އާއި ގުޅިއްޖެއެވެ.

މިނިވަން 50 ޗެމްޕިއަންޝިޕްގައި ހިތަދޫ ޓީމަށް ކުޅުނު ހައްނާ އަކީ މިހާރު އައްޑޫގައި އުފެދެމުން އަންނަ އެންމެ އުއްމީދީ އެއްކުޅުންތެރިއާއެވެ.
hanna2

އީގަލްސްއަށް ސޮއި ކުރުމަށް ފަހު ހަންނާ ބުނީ ފުރަތަމަ ޑިވިޝަންގެ ޓީމަކަށް ކުޅުމަކީ ހުވަފެނެެއް ކަމަށާއި، ލިބުނު ފުުރުސަތުގައި ރަނގަޅު ޕާފޯމެންސްއެއް ދައްކަން ތައްޔާރަށް ހުރި ކަމަށެވެ. މީގެ އިތުރުން އީގަލްސްގައި ރަނގަޅު ކުޅުމެއް ދައްކައި ގައުމީ ޓީމަށް ކޫލުމަކީވެސް ހުވަފެނެއް ކަމަށް ހަންނާ ބުންޏެވެ.

މިދިޔަ އަހަރު އޯލެވެލް ނިންމި ހަންނާއަށް ފުރަތަމަ ޑީވިޝަންގެ ބައެއް ޓީމްތަކުން ވާހަކަ ދައްކާފައިވެއެވެ.

ނިމިގެން ދިޔަ ޖުނާ ޗެލެންޖް ކަޕްގެ 20 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއާ ހޯދި އިރު މިދިޔަ އހަރުގެ ގޯދިއްޔާ މުބާރާތުގެ އުއްމީދީ ކުޅުންތެރިއަކީވެސް ހަންނާއެވެ.

ކްލަބް އީގަލްސްއިން މި ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ގދ. ފަރސް މާތޮޑާގެ ދެ ބެއިން ކަމަށްވާ އީމާން އަލީ އާއި އިހްސާން އަލީވެސް ވަނީ އެކްލަބަށް ސޮއި ކުރުވާފައެވެ.