Last Updated: April 24, 23:11
Wednesday, April 24, 2024
ކުޅިވަރު

މައިކަލް ކެރިކް މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަނީ؟

2006 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު އިނގިރޭސިވިލާތުގެ މިޑްފީލްޑަރ މައިކަލް ކެރިކް މި ސީޒަން ނިންމާލާފައި ޓީމު ދޫކޮށްލަން އުޅޭ ޚަބަރު ވަނީ ފެތުރިފައެވެ.

މެންޗެސްޓާ ޔުނައިޓެޑް ގައި އޭނާގެ 10 ވަނަ ސީޒަން ކުރިއަށް ގެންދާއިރު އޭނާގެ ކޮންޓްރެކްޓުގައި ބާކީ ހުރީ 5 މަހެވެ. ހަބަރުތައް ލިބޭގޮތުގައި 34 އަހަރުގެ މިޑްފީލްޑަރ ހުރީ ކޮންޓްރެކްޓު އާކުރާ ގޮތަކަށް ނޫނެވެ. އަދި އޭނާ ދެން ކުޅޭނީ ޔޫރަޕުން ބޭރުގައި ކަމަށްވެސް ވަނީ ޚަބަރު ލިބިފައެވެ. ބޮޑަށް ބެލެވެނީ އެމެރިކާގެ މޭޖާ ސޮކާ ލީގާއި ގުޅޭނެކަމަށެވެ.

އެހެން ނަމަވެސް ބައެއް އިނގިރޭސި ކުލަބުތަކުން ވެސް އޭނާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ޚަބަރު ލިބިފައެވެ.

10 ސީޒަނުގައި ޔުނައިޓެޑްގެ ޖާޒީގައި ކުޅެފައިވާ ކެރިކްއަށް ވަނީ 5 ޕްރިމިއާ ލީގު މެޑަލް ލިބިފައެވެ. 5 ކޮމިއުނިޓީ ޝީލްޑުގެ އިތުރުން 1 ލީގު ކަޕު، 1 ފީފާ ކުލަބު ވޯލްޑް ކަޕުގެ އިތުރުން ޗެމްޕިއަންސް ލީގު މެޑަލެއްވެސް އޭނާ އަށް ވަނީ ލިބިފައެވެ.

މީގެ އިތުރުން 2012 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޭނާއަށް ވަނީ ލިބިފައެވެ.
ކުލަބު ދޫކޮށްލަން އުޅޭ ޚަބަރު ލިބިފައި ގިނަ އަދަދެއްގެ ސަޕޯޓަރުންވަނީ ނުރުހުން ފާޅުކޮށްފައެވެ.