Last Updated: April 18, 22:36
Friday, April 19, 2024
ކުޅިވަރު

ރޯވިން ޓުއާގެ ބައިވެރިންނަށް ހޫނު މަރުޚަބާއެއް

އައްޑޫން ފަށާ ބައިނަލްއަގްވާމީ ރޯވިން ޓުއާ ގައި ބައިވެރިވާ އެތުލީޓުންނަށް އައްޑޫ ސިޓީ އިން ހޫނު މަރުޚަބާ އެއް ކިޔައިފިއެވެ.

ވޯލްޑް ރޯވިން ފެޑެރޭޝަނާއި ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިތުރުން އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ “ފިސާ އައްޑޫ ރޯވިން ޓުއާ 2015″ ގެ ނަމުގައި ބާއްވާ މި އިވެންޓްގައި ބައިވެރިވާ ޓީމު އައްޑޫއަށް އައީ އިއްޔެ ހަވީރު ގެ ވަގުތެއްގައެވެ.

އައްޑޫއަށް އައި ޓީމަށް، ސަގާފީ ކުޅިވަރުތަކާއެކު ގަމުގެ ވައިގެ ބަދަރުން މަރުޙަބާ ކިޔާފައިވާއިރު އެތުލީޓުންނަށް މަރުޙަބާ ކިއުމަށް އައްޑޫ ސިޓީގެ މޭޔަރ އާއި ޑެޕިއުޓީ މޭޔަރު ގެ އިތުރުން ސްކޫލްތަކުގެ އިސްވެރިންވެސް ގަމަށް ދިޔައެވެ.

ހޮނިހިރު ދުވަހު ރޯވިން ޓުއާ ގަމުން ފަށައިގެން މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ އެވެ. އަދި ޓުއާ ނިންމައިލާނީ ގދ. ތިނަދޫންނެވެ.