Last Updated: April 16, 23:13
Tuesday, April 16, 2024
ކުޅިވަރު

ސްޓްރީޓް ސޮކަރ މާދަމާ ރޭ ފަށަނީ

މިދިޔަ އަހަރުގެ ސްޓްރީޓް ސޮކަރ މުބާރާތުގައި ހިތަދޫ 'ކޮން" ޓީމު ކުޅެނީ- ފޮޓޯ: ޠޮއްލަމް ގޮންޒާލޭޒް.

އައްޑޫގަ ސިޓީގައި ބާއްވަމުން އަންނަ ސްޓްރީޓް ސޮކާގެ މި އަހަރުގެ މުބާރާތް މާދަމާ ފަށާނެއެވެ.

"މައިލޯ" އިން ސްޕޮންސާރ ކޮށްފައިވާ މި މުބާރާތުގެ ފުރަތަމަ މެޗްގައި މާދަމާ ރޭ 9:00 ގައި ބައްދަލު ކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ޝަންގްރިއްލާ ޔުނައިޓެޑާއި ރަނައަޕް ޔަންގް މެޖެންޓާ އެވެ.

ޖުމްލަ 40 މެޗް ކުޅޭ މި މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނީ ކުރީ އަހަރުތަކެކޭ އެއްގޮތަށް މި ފަހަރުގެ މުބާރާތުގެ ކުޅުން ވެސް ކުރިއަށް ދާނީ ހަވީރާއި ރޭގަނޑު ކަމަށެވެ.

މި މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ ފެބްރުއަރީ 28 ވަނަ ދުވަހު އެވެ.