Last Updated: April 20, 10:23
Saturday, April 20, 2024
ޚަބަރު

މޯލްޑިވިއަންގައި ނިއު ދިއްލީން ގަމަށް

މޯލްޑިވިއަންގެ އެއާބަސް ގަމަށް ޖެއްސި ދުވަހު ކުންފުނީގެ ބައެއް އިސް ވެރިން ފައިބައިގެން ދަނީ. ފޮޓޯ/ ޝަރަފް

އިންޑިއާގެ ވެރި ރަށް ނިއު ދިއްލީން ގަމަށް ދަތުރުތަކެއް ފެށުމާއި ގުޅޭ ގޮތުން ހެރަތެރަ އައިލެންޑް ރިސޯޓާއި ގައުމީ އެއާލައިން މޯލްޑިވިއަން އާ ދެމެދު މަޝްވަރާކުރަމުން އެބަގެންދެއެވެ.

އައްޑޫ ލައިވަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޕްރީލް މަހުގެ ތެރޭގައި ދަތުރުތައް ފެށޭނެ ކަމަށް ބެލެވޭ މި ދަތުރުތަކަކީ އިންޑިއާ އިން ހެރަތެރަ އަށް ޗުއްޓީ ހަދާލަން އަންނަ ޓޫރިސްޓުންނަށް އަމާޒުކޮށްގެން ފަށަން ނިންމާފައިވާ ދަތުރުތަކެވެ.

2010 ވަނަ އަހަރުގެ ތެރޭގައި އިންޑިއާގެ ޓޫރިސްޓުންނާ އެކު އެ ގައުމުގެ މަޝްހޫރު އެއާލައިނެއް ކަމަށްވާ ކިންގްފިޝާ އިން މުމްބާއީން ގަމަށް ދަތުރުތަކެއް ބޭއްވި ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ، އެ ދަތުރުތައް ވަނީ ހުއްޓާލައިފައެވެ.

މޯލްޑިވިއަނުން މީގެ ކުރިން ސްރީ ލަންކާގެ ކޮލޮމްބޯ އިން ގަމަށް ދަތުރުތަކެއް ބޭއްވުމަށް ފަހު ގެއްލުންވާ ކަމަށް ބުނެ ފަހުން އެ ދަތުރުތައް ހުއްޓާލާފައި ވާތީ މިފަހަރު މިފަށަން އުޅޭ ދަތުރުތަކަކީ ކާމިޔާބު ވެދާނެ ދަތުރުތަކެއް ތޯ އައްޑޫގެ ގިނަ ރައްޔިތުން ސުވާލު އުފައްދާނެ ކަން ކަށަވަރެވެ.