Last Updated: April 19, 22:45
Friday, April 19, 2024
ވިޔަފާރި

"މޯލްޑިވިއަން"ގެ ޓިކެޓް އޮފީހެއް ހިތަދޫގައި ހުޅުވައިފި

ޒަމާނީ ފަސޭހަތަކާއި އެކު ކަސްޓަމަރުންނަށް ހިދްމަތް ލިބޭ ގޮތަށް މޯލްޑިވިއަންގެ ޓިކެޓް އޮފީހެއް ހިތަދޫގައި ހުޅުވައިފި އެވެ.

ހިތަދޫ އެމްޓޭޝަން ގޭގައި ހުޅުވި، "ބުލޫ ލިންކް އޭވިއޭޝަން" އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ރޭގަނޑު 11 އަށް ޓިކެޓް، ގެ ހިދްމަތް ފޯރުކޮށްދޭނެ ކަމަށެވެ.

އަދި 9187676 ނަންބަރަށް ވައިބާ މެދުވެރިކޮށް މެސެޖްކޮށްގެން ޓިކެޓް ލިބިވަޑައި ގަންނަވަނާނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަގްބޫލް ވަސީލަތެއް ވައިބާ މީ، ވައިބާ މެދުވެރިކޮށް ޓިކެޓް ބުކިން ހެއްދޭނެ އަދި އޮންލައިންކޮށް ފައިސާ ދެއްކުމަށް ފަހު ވައިބާއިން ސްލިޕް ފޮނުވުމުން މިކޮޅުން ޓިކެޓް އިޝޫ ކުރާނަން" އޮފިޝަލް ވިދާޅުވިއެވެ.

ބުލޫ ލިންކް އޭވިއޭޝަން އަކީ ހިތަދޫ ދެކުނު ދާއިރާގެ މަޖްލިސް މެމްބަރު އަލީ ނިޒާރުގެ ކެމްޕެއިން ވައުދުގެ ތެރެއިން ދާއިރާއަށް 50 ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ހުޅުވި އޮފީހެކެވެ.

ނިޒާރު ވިދާޅުވީ ޓިކެޓް ވިއްކުމަކީ ބޮޑު ފައިދާއެއް ލިބޭ ކަމަކަށް ނުވިއަސް އޭގެ ސަބަބުން ރައްޔިތުންނަށް ފަސޭހައިން ހިދްމަތް ލިބޭނެ މަގު ފަހިވެގެން ދާނެ ކަމަށާއި އޮފީހުގެ މަސައްކަތަށް އިތުރު ފަރާތްތަކަށް ވަޒީފާ ލިބިގެންދާނެކަމަށެވެ. އަދި ކުރި މަގުގައި ވެސް އިތުރު ވަޒީފާ އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބޫލޫ ލިންކް އޭވިއޭޝަނުން ޓިކެޓް ބޭނުންފުޅުވާ ފަރާތްތަކުން 6889090 ނަމްބަރު ފޯނުން ރިޒެވޭޝަން ހެއްދޭނެއެވެ.