Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

އަޅުގަނޑު ހުންނާނީ ރައްޔިތުންނާ އެކު: އިބްރާހީމްދީ

ކިތަންމެ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވި ކަމުގައި ވި ނަމަވެސް ދެމިހުންނާނީ ދާއިރާގެ ރައްޔިތުންނާއި އެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދުދީދީ ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ދައުލަތުގެ ފަރާތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ފަސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ދީދީ އެމްޑީޕީ މެންބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވިވަޑައިގަތުމާ ހަމައިން ވެސް ގޮނޑި ގެއްލުވާލާނެ ކަމަށް ބުނެ ޕީޕީއެމްގެ ފަރާތުން އެބޭފުޅާއަށް ފިއްތުންތައް ކުރިމަތި ކުރުވަމުން ދާކަމަށް މައުލޫމާތު ލިބެ އެވެ.

10428467_10153652863444552_5432144718775672723_n

އިބްރާހިމް ދީދީ ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ ކިތަންމެ ފިއްތުންތަކެއް ކުރިމަތިވި ކަމުގައި ވިޔަސް ދެމިހުންނާނީ ދާއިރާގެ ރައްޔިތުންނާއި އެކު ކަމަށާއި ﷲ ސުބުހާނަހޫ ވަތަޢާލާ އެބޭފުޅާ އަށް ފުދޭ ކަމަށެވެ.