Last Updated: April 23, 21:11
Tuesday, April 23, 2024
ސިޔާސީ

"ޔާމީން ކުރަނީ ބަލާވެރިކަން"

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް އެއް އަހަރަށް ވުރެ ގިނަ ދުވަސްވެގެން ދިޔަ އިރު، ހެޔޮވެރިކަމުގެ ސިނަ ނުފެނި ފެންނަމުން ދަނީ ބަލާވެރިކަމުގެ ސިފަތައް ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމާ ގުޅިގެން، ރައީސް ޔާމީނަށް އަމާޒުވެފައިވާ ފާޑުކިއުންތަކަށް އިޝާރާތް ކުރައްވައި ނިޒާރު އޭނާގެ އެފްބީ ސްޓޭޓަސްގައި ވިދާޅުވެފައި ވަނީ "ޔާމީންގެ ވެރިކަމަށް އެއް އަހަރުވެ ނިމުނު އިރު ވެރިކަމުން ހެޔޮވެރިކަމުގެ ސިފަ ނުފެނި، ބަލާވެރިކަމުގެ ސިފަ އާލާވަމުންދާތީ ހިތާމަ ކުރައްވާ" ކަމަށެވެ.

GHJ

ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ހައްޔަރުކޮށްފައިވާތީ އެކަމާ ދެކޮޅަށް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓިން ގެންދަނީ ހުއްޓުމެއް ނެތި މުޒާހަރާ ކުރަމުންނެވެ.

އެގޮތުން މިއަދު ހަވީރު ހިތަދޫ ސިޓީ ސްކެއާގައި ވެސް ބޮޑު އެއްވުމެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.