Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އެވިޑެންސް ހޭންޑްލިން ޕްރޮގްރާމެއް ފަށައިފި

ފުލުހުންތަކެއް އައްޑޫގައި ހަރަކާތްތެރި ވަނީ: ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުހުންނަށް އަމާޒުކޮށްގެން އެވިޑެންސް ހޭންޑްލިންގ ރިފްރެޝަރ ޕްރޮގްރާމެއް ފަށައިފި އެވެ.

މި މަހުގެ 22 އިން މާދަމާގެ ނިޔަލަށް މި ޕްރޮގްރާމަކީ ސީންތަކަށްދާ ފުލުހުންނަށް ހެކި ފެންނަ ހިސާބުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އަމަލު ކުރަންޖެހޭ ކަންތައްތަކާ ބެހޭ ގޮތުން ފުލުހުން އަހުލުވެރި ކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމެކެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ސިޓީ ހޯލްގެ އިތުރުން ގަމުގެ ރަތްގޭގައި ކުރިއަށް ދިޔަ މި ޕްރޮގްރާމުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހެއްކަށް ލިބޭ ތަކެތި ގެންގުޅޭނެ ގޮތުގެ މަޢުލޫމާތުގެ މައްޗަށް ބަލާލައި މަޢުލޫމާތު ދީފައިވެ އެވެ.

އައްޑޫ ސިޓީގައި މަސައްކަތް ކުރާ ޕެޓްރޯލްމަނުންނާއި އިންވެސްޓިގޭޝަން އޮފިސަރުން ބައިވެރިވި މި ޕްރޮގްރާމުގައި ކިޔަވައި ދެއްވާފައި ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ކަމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.