Last Updated: March 29, 09:35
Friday, March 29, 2024
ޚަބަރު

އެކްސިޑެންޓަކާ ގުޅިގެން މީދޫ މީހަކު ހައްޔަރު!

މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މާބަނޑު މީހަކު ނިޔާވި ހާދިސާ އާއި ގުޅިގެން ސައިކަލު ދުއްވަން އިން ސ.މީދޫ، އަލީ އާލިމް ހައްޔަރުކޮށްފިއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ހޯމަ ދުވަހުގެރޭ 9:45 ހާއިރު ޒަމާނީ ހިނގުމާއި ސައްޔިދު ކަލޭފާނު ހިނގުމާއި ގުޅޭ ހަތަރު އަންގޮޅިި ކަންމަތީގައި ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެންނެވެ.

ހިނގާފައި ދިޔަ މާބަނޑު މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ. ނިޔާވެފައިވަނީ ހއ. ހޯރަފުށީ ގާތުގިރި އަޒްލީލާ އަލީ، 37، އެވެ. އަޒްލީލާ ނިޔާވިއިރު، ބަނޑަށް ދޮޅު މަހެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓާއި ގުޅިގެން 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި މި ޒުވާނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އިތުރު މައުލޫމާތު މީޑީޔާ އާއި ފަހުން ހިއްސާކުރާނެ ކަމަށެވެ.