Last Updated: April 25, 18:10
Thursday, April 25, 2024
މުނިފޫހިފިލުވުން

ސަލްމާނާއި ޖެކޮލިންގެ ޖޯޑް އަނެއްކާވެސް

ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ފިލްމް "ކިކް" އަށް ފަހު ސަލްމާން ހާނާއި ޖެކޮލިން ފެނާންޑޭޒް އަނެއްކާ ވެސް ސްކްރީނުން އެކުގައި ފެނުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނަށް ސަލްމާން ސޮއިކޮށްފައިވާ "ޝުއްދީ"ގެ ބަތަލާއަކީ ސްރީ ލަންކާ އަށް އުފަން ޖެކޮލިން އެވެ.

އެކަމަކު ކަރަން ވެސް އަދި ދަރްމާ އިން ވެސް އެކަން މިހާތަނަށް ކަށަވަަރުކޮށް ދީފައެއް ނުވެ އެވެ. "ޝުއްދީ" އިއުލާން ކުރި ފަހުން އެ ފިލްމާ ބެހޭ ގޮތުން ތަފާތު ގޮތް ގޮތަށް ދަނީ ވާހަކަ ދެކެވެމުންނެވެ.

ދަރްމާގެ "އަގްނީޕަތު" ގެ ޑައިރެކްޓަރު ކަރަން މަލްއުތުރާ ޑައިރެކްޓް ކުރާ "ޝުއްދީ"ގެ ބަތަލާއަކަށް ޖެކޮލިން ހަމަޖައްސައިފައިިވާ ކަމަށް އަޑުތައް ފެތުރިފައި މި ވަނީ އެ ރޯލް ދީޕިކާ ޕަދްކޯން އަށް ހުށަހަޅާފައިވާ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.

އެހެން ނަމަވެސް ސަލްމާނާއި ޖެކޮލިންގެ ޖޯޑް އަނެއްކާ ވެސް އެކުގައި ސްކްރީނަށް އަތުވެއްޖެ ނަމަ، މިއީ އެ ދެ ތަރިން އެކުގައި ބަލާލަން ބޭނުންވެފައި ތިބި ފޭނުންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް ވާނެ އެވެ.
HLKJL (1)

އަދި އެކަން އެގޮތަށް ވެއްޖެ ނަމަ "ޝުއްދީ" ވެގެން ދާނީ ދަރްމާ އަށް ޖެކޮލިން ކުޅޭ ދެވަނަ ފިލްމަށެވެ.

އޭނާ މިހާރު ވެސް އަންނަނީ އެ ކުންފުނީގެ "ބްރަދާސް"ގައި މަސައްކަތް ކުރަމުންނެވެ. މި ފިލްމުގެ ތަރިންނަކީ އަކްޝޭ ކުމާރާއި ސިދާތު މަލްއުތުރާ އެވެ. ޑައިރެކްޓަރަކީ ހަމަ "ޝުއްދީގެ ޑައިރެކްޓަރު ކަރަން އެވެ.

އަމިތު ތްރިޕަތީގެ ވާހަކަ "އިމޯޓަލްސް އޮފް މެލުހާ" ގެ މައްޗަށް ބިނާކޮށް ހަދާ "ޝުއްދީ" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ
އަހަރު އެވެ.

މި ފިލްމަށް ސަލްމާން ހަމަޖެހުނުކަން ކަރަން އިއުލާން ކުރީ، ކުރިން އެ ފިލްމުގެ ލީޑް ރޯލަށް ހަމަޖެއްސި ރިތިކް ރޯޝަނާއި ކަރީނާ ކަޕޫރު އެ ފިލްމުން ވަކިވެފައި ވަނިކޮށެވެ.

އެ ދުވަސްކޮޅު ފިލްމުގެ ކާސްޓާ ބެހޭ ގޮތުން އެތައް ގޮތަކަށް ވާހަކަ ދެކެވިފައިވެ އެވެ.