Last Updated: April 20, 13:48
Saturday, April 20, 2024
ޚަބަރު

ސްކޫލް ކުދިންނަށް ހެލްތު ކުއިޒެއް

މަރަދޫ ސިއްހީ މަރުކަޒު: މިތަނުން އަންނަނީ ކުއިޒް މުބާރާތަކަށް ތައްޔާރުވަމުން. ފޮޓޯ/ އައްޑޫ ލައިވް

އައްޑޫގެ ޕްރައިމެރީ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހެލްތު ކްއިޒެއް ބާއްވަން މަރަދޫ ސިއްހީ މަރުކަޒުން ނިންމައިފި އެވެ.

ސިއްހީ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ބާއްވާ މި ކްއިޒް އޮންނާނީ ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައި ފާހަގަ ކުރާ އެޕްރީލް މަހުގެ 7 ގަ އެވެ.

މަރަދޫ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އިހްތިޝާމް ނަޖީބް (އިންތާ) މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ ކުއިޒް މުބާރާތުގައި ބައިވެރިވުމަށް އައްޑޫގެ ހުރިހާ ޕްރައިމެރީ ސްކޫލްތަކަށް މިހާރު ދައުވަތު ފޮނުވާފައިވާ ކަމަށެވެ. އަދި ވަރަށް ގިނަ ސްކޫލްތަކުން ބައިވެރިވާނެ ކަމުގެ އިޝާރާތްތަކެއް ދީފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ކުއިޒްގެ މައިގަނޑު މަގުސަދަކީ ދަރިވަރުންނަށް ސިއްހީ މައުލޫމާތު ވީހާ ވެސް ފުޅާކޮށް ފޯރުކޮށްދީ، ދަރިވަރުން ސިއްހީ މައުލޫމާތުކަށް އަހުލުވެރި ކުރުވުން ކަމަށެވެ.

މުބާރާތުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ސްކޫލްތަކަށް ހާއްސަ އިނާމުތަކެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ.

މަރަދޫ ސިއްހީ މަރުކަޒުން މިދިޔަ އަހަރު ވެސް މިފަދަ ކުއިޒް މުބާރާތެއް ބޭއްވި އެވެ. އެކަމަކު އެއީ ހަމައެކަނި އެ ރަށުގެ ސްކޫލްތަކަށް އަމާޒުކޮށްގެންނެވެ.