Last Updated: April 20, 09:35
Saturday, April 20, 2024
މުނިފޫހިފިލުވުން

ރޯހިތުގެ އާ ފިލްމް ވަރަށް "ބިޔަ"

ރޯހިތު ޝެޓީއަކީ ބޮލީވުޑްގައި މިހާރު ހުރި އެންމެ ކާމިޔާބު އެއް ޑައިރެކްޓަރެވެ. އެކަމާ ދޭތެރޭ އެއްވެސް ބަޔަކު ޝައްކެއް ނުކުރާނެ އެވެ.

އޭނާ އެންމެ ފަހުން ގެނެސް ދިން ދެ ފިލްމަކީ ވެސް ވަރަށް ކާމިޔާބު ދެ ފިލްމެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ ބެސްޓް ފްރެންޑް އަޖޭ ދޭވްގަން ލީޑް ރޯލް ކުޅެމުން އަންނަ "ސިންގަމް" ފްރެންޗައިޒްގެ ދެވަނަ ފިލްމް "ސިންގަމް ރިޓާން" އެވެ.

ރޯހިތު ޑައިރެކްޓް ކުރި ފިލްމުތަކުގެ ތެރެއިން އަޖޭ ނުލައި އޭނަ ހެދީ އެންމެ ފިލްމެކެވެ.

އެއީ ޝާހްރުކް ހާނާއި ދީޕިކާ ޕަދްކޯން ލީޑް ރޯލް ކުޅުނު 2013 ގެ ފިލްމް "ޗެންނައި އެކްސްޕްރެސް" އެވެ. މިއީ ރޯހިތުގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމެވެ.

އެހެންވެ ރޯހިތާއި ޝާހްރުކްގެ ޓީމް އަލުން އެނބުރި ސްކްރީނަށް އަންނަން ވަނީ ތައްޔާރު ވާން ފަށައިފަ އެވެ. މި ފަހަރު ކުރީ ފިލްމަށް ވުރެ ވަރުގަދަ "ބިޔަ" ފިލްމަކާ އެކުގަ އެވެ.

އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޝާހްރުކާއި ކާޖޮލް އެކުގައި އަލުން މި ފިލްމުން ސްކްރީނަށް އަންނަ އައުމެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފިލްމް އަދި ރަސްމީކޮށް އިއުލާން ނުކުރިޔަސް، އެ ފިލްމަށް ކާޖޮލް ވަނީ ސޮއިކޮށްފަ އެވެ.

އެ ދެ ތަރިންގެ އިތުރުން ދެން މި ފިލްމުގައި ހިމެނޭނެ އެންމެ މުހިއްމު އަނެއް ދެ ތަރިންނަކީ ޒުވާނުން ދެ ތަރިން ކަމަށްވާ ވަރުން ދަވަން އާއި ކިރިތީ ސެނޮން އެވެ. އެއީ "ހީރޯޕަންޓީ" އިން ބޮލީވުޑަށް ނިކުތް އުންމީދީ ބަތަލާއެކެވެ.

HOT-ACTRESS-KRITI-SANON-HD-WALLPAPERS10

މި ފިލްމުގެ މަސައްކަތް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ފަށާނެ ކަމަށް ޝާހްރުކް ވަނީ ބުނެފަ އެވެ. އަދި ހަމަ އެއާ އެކު ފިލްމުގެ ބިޔަ ވާހަކަ އަށް ޝާހްވަނީ އިތުރު ކަށަވަރު ކަމެއް ދީފަ އެވެ.

ޝާހްރުކް ބުނި ގޮތުގައި ރޯހިތުގެ މި ފަހަރުގެ ފިލްމުގައި އޭނާގެ އިތުރުން 17 އެކްޓަރަކު ފެނިގެން ދާނެ އެވެ. އަދި ކާސްޓުން ފައިނަލް ކުރުމުގެ ކަންތައްތައް މިހާރު ވަނީ މެކުހަށް ޖަހައިފަ އެވެ. މި ފިލްމު އަންނަ މަހު ރަސްމީކޮށް ލޯންޗް ވެސް ކުރާނެ އެވެ.

އެހެން ނަމަވެސް އެ 17 އެކްޓަރުން ފިލްމުން ފެނިގެން ދާނީ ފިލްމުގެ މުހިއްމު ރޯލްތަކަކުން ކަމެއް ނުވަތަ ކެމިއޯތަކުން ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

varun-dhawan-hot-photo-shoot

ޝާހްރުކް ހާންގެ 2007 ގެ ފިލްމް "އޯމް ޝާންތީ އޯމް" އަކީ ވެސް ފިލްމަކުން މަޝްހޫރު އެތައް މޫނެއް ފެނިގެން ދިޔަ ފިލްމެކެވެ. އެކަމަކު އެއީ ފިލްމުގެ އެންމެ ލަވައަކުންނެވެ.

"މިހާރު އަހަރެމެންގެ ތެރޭގައި މަޝްވަރާ ކުރެވެމުން އަންނަނީ ފިލްމަށް ކިޔާނެ ނަމަކާ ބެހޭ ގޮތުން،" ޝާހްރުކް ބުންޏެވެ. "ފިލްމުހެ ޝޫޓިން އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ފަށާނަން."

އަންނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށް ދެނީ ޕްރިތަމް އެވެ.

ބައެއް ފަރާތްތަކުން ލަފާ ކުރާ ގޮތުގައި މި ފިލްމަކީ އަންނަ އަހަރުގެ އެންމެ ބޮޑު ބްލޮކްބަސްޓާއަކަށްވެ، އާ ރެކޯޑްތަކެއް ވެސް ބޮލީވުޑްގައި ހަދާނެ ފިލްމެކެވެ.