Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

"3 އެސް ލައުންޖް" ހުޅުވައިފި

ފޭދޫ "3 އެސް" ގްރޫޕުން ފޭދޫގައި "3 އެސް ލައުންޖް" ގެ ނަމުގައި ރެސްޓޯރެންޓެއް ހުޅުވައިފި އެވެ.

ފޭދޫ ބަނދަރުމަތީގައި ހުންނަ 3 އެސް ސްޕަމާޓާ ގުޅުވައިގެން، އިންޑޯ އާއި އައުޓް ޑޯ ބަޔަކާ އެކު ހުޅުވި ރެސްޓޯރެންޓް ކޮންމެ ދުވަހަކު ހެނދުނު 7:30 އިން ރޭގަނޑު 12:00 ހުޅުވައިފައި ހުންނާނެ އެވެ.

"3 އެސް ލައުންޖް" ގެ އޯނަރު ހުސައިން ރަޝީދު "އައްޑޫ ލައިވް" އަށް މިއަދު ވިދާޅުވީ އެ ރެސްޓޯރެންޓުން އާންމުންނަށް ގިނަ ރަހަތަކެއްގެ ކެއުންތައް ލިބޭނެ އެވެ. މީގެ އިތުރުން ޒުވާނުންނަށް ކަމުދާނެ ކަހަލަ ކޮފީތައް ވެސް ލިބެން ހުންނާނެ ކަމަށް ވިދާޅުވި އެވެ.

JKIJ

ހަމަ މިއާ އެކު އައްޑޫގެ "ހަގީގީ" ރަހަ ދައްކުވައިދޭ ހެދިކާގެ ބާވަތްތަކާއި ރޮއްޓާއި ރިހަ ފަދަ ބާވަތްތައް ވެސް ލިބެން ހުންނާނެ ކަމަށް ހުސައިން ވިދާޅުވި އެވެ.

"އަދި ވަރަށް ގިނަ ވައްތަރުގެ ޕޭސްޓްރީތައް ވެސް މިތަނުން ލިބެން ހުންނާނެ. ލަންޗާއި ޑިނާ ގަޑިތަކުގައި ބުފޭ ވެސް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

NHJ

"3 އެސް ލައުންޖް" ހުޅުވާފައި މިވަނީ އެތަނުގެ ރަހަތައް ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވަންދެން ހިލޭ ގިނަ ބަޔަކަށް ދައްކައިލުމަށް ފަހު އެވެ.

"ރަހަތައް ބެލި މީހުންގެ ފަރާތުން ވަރަށް ރަނގަޅު ފީޑްބެކްތައް ލިބުނީ. އަޅުގަނޑުމެންގެ ޓާގެޓަކީ ކަސްޓަމަރުން ހިތްހަމަޖެހޭ ކވަރުގެ ސާވިސްތަކެއް ދެވޭ ތަނަކަށްވުން،" ހުސައިން ވިދާޅުވި އެވެ.