Last Updated: April 19, 18:16
Friday, April 19, 2024
ޚަބަރު

ފެން ހޮޅި ވަޅުލަނީ އަވަހަށް ފައިސާކޮޅު ނަގަން، އިހްލާސްތެރިކަމެއް ހުރެގެނެއް ނޫން: ނިޒާރު

އަވަސް އަރުވާލައިގެން، ނަރުދަމާ ނާޅާ ފެން ހޮޅި ވަޅުލަނީ ރައްޔިތުން އަތުން ވީހާވެސް އަވަހަކަށް ފައިސާ ނަގަންކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖްލިސް މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު ވިދާޅުވީ، އެމްޑީޕީ ސަރުކާރުން އައްޑޫއަށް ގެނެސްފައިވާ ހޮޅި އަވަސް އަރުވާލައިގެން ވަޅުލަނީ، ވީހާވެސް އަވަހަކަށް އޭގެއިން ފައިދާ ނަގަންވެގެން ކަމަށެވެ.

"އައްޑޫގައި ނަރުދަމާގެ މަސައްކަތް ނުކޮށް، ފެން ހޮޅި ވަޅުލަނީ އެ ހިދްމަތަށް ބޭނުންވާ ގިނަ ތަކެތި އެމްޑީޕީ ސަރުކާރުން ގެންގޮސް ހުރުމާއި، ވީހާ އަވަހަކަށް އައްޑޫ ރައްޔިތުން އަތުން ފައިސާ ނެގޭނެ ގޮތެއް ހޯދުން. އިހްލާސްތެރިކަމެއް ހުރި ނަމަ ނަރުދަމާވެސް އަޅާނެ، މަގުވެސް ހަދާނެ" ނިޒާރު ވިދާޅުވިއެވެ.

އައްޑޫގެ ރަށްތަކަށް ފެން ގުޅައިދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން މި ދުވަސްކޮޅު ބާރު ސްޕީޑެއްގައި ކުރިއަށް ގެންދާއިރު ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާ މިވަނީ ފެންމަތިވެފައެވެ.