Last Updated: March 28, 16:50
Thursday, March 28, 2024
ޚަބަރު

ގައްބެއަށް މަރުހަބާ ކިޔަން އައްޑޫވެސް ތައްޔާރު ވަނީ!

ގައްބެ ލ. ފޮނަދޫން ފުރައިގެން ހުވަދޫ ކަނޑުގައި ދަތުރު ކުރަނީ. ފޮޓޯ: އެޓޮލް ސެއިލާސް.

ރާއްޖެ ވަށައި ކަތަމަރާނެއްގައި ދަތުރުކުރުމަށް މިހާރު ކަނޑަށް ނިކުމެފައި ހުރި އަބްދުލް ޢަފޫރް އަލީ (ގައްބެ)އަށް މަރުހަބާ ކިއުމަށް އައްޑޫއަށް ތައްޔާރު ވަމުން އެބަދެއެވެ.

މޫސުމް ގޯސްވުމުގެ ސަބަބުން ލ. ފޮނަދޫގައި 3 ދުވަހު މަޑު ކުރުމަށްފަހު މިއަދު ފަތިހު ގައްބެވަނީ ހުވަދޫ ކަނޑު ހުރަސްކުރުމުގެ މަސައްކަތް ފަށާފައެވެ.

ގައްބެއަށް މަރުހަބާ ކިއުމަށް ތައްޔާރު ވަމުން އަންނަނީ "ޑިސްކަވާ އައްޑޫ" އެވެ. "ޑިސްކަވާ އައްޑޫގެ" ގެފަރާތުން ގައްބެއަށް މަރުހަބާ ކިއުމުގެ ގޮތުން ތައްޔާރު ވަމުން އަންނަ އިރު މިހާރު ލަފާ ކުރެވޭ ގޮތުގައި ގައްބެއަށް އައްޑޫއަށް އާދެވޭނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.
gabbe tour

"ޑިސްކަވާ އައްޑޫ"ގެ އިސްއޮފިޝަލަކު ބުނީ ގައްބެއަށް މަރުހަބާ ކިއުމުގެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަނީ ހިތަދޫ ބަނދަރު ފަތާ ޓްރެކް ސަރަހައްދުގައި ކަމަށެވެ.

"ގައްބެއަށް މަރުހަބާ ކިއުމުގެ މަޝްވަރާތައް ކައުންސިލް އާއި ފުލުހުން، އަންހެނުންގެ ކޮމެޓީ އާއި އެކު މިހާރު ކުރެއްވިއްޖެ. ހޫނު މަރުހަބާއަކަށް ތައްޔާރު ވަމުން މިދަނީ"

ރާއްޖެ ވަށައިގެން ގައްބެ ކުރާ ދަތުރުތަކުގައި ރާއްޖޭގެ އެކި ރަށްތަކަށް މަޑުކޮށް އެ ރަށްރަށުެގ އާސާރީ ތަންތަން ބަލާލުމަށް ޒިޔާރަތް ކުރާއިރު އައްޑޫއަށް ކުރާ ޒިޔާރަތުގައިވެސް އައްޑޫގެ މުހިއްމު ތަންތަނަށް ގައްބެ ގޮވައިގެންދާނެ ކަމަށް ޑިސްކަވާ އައްޑޫން ބުންޏެވެ.

ގައްބެގެ މި ތާރީހީ ދަތުރުގެ މެއިން ސްޕޮންސާއަކީ އެލިއާ މޯލްޑިވްސްއެވެ. އިތުރު ޕާޓްނަރުންގެ ތެރޭގައި ދިރާގު ހިމެނެއެވެ.