Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ކެނަރީފް ރިސޯޓުގެ މޫދަށް އެރި އުޅުނު ޗައިނާ ފަތުރުވެރިއަކު ގެބިގެން މަރުވެއްޖެ!

މިއަދު ހަވީރު ކެނަރީޕް ރިސޯޓުގެ މޫދަށް އެރި އުޅުނު ޗައިނާ ފަތުރުވެރިއަކު ގެބިގެން މަރުވެއްޖެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ކުޑައިރުކޮޅެއް ކުރިން ސ. ހުޅުމީދޫ ސިއްހީ މަރުކަަޒަށް ގެންދިޔަ ފަތުރުވެރިއާ މަރުވެފައިވާ ކަމަށް އެނާ ބެއްލެވި ޑޮކްޓަރު ވަނީ ކަށަވަރުކޮށްފައެވެ.
12695147_10204083021194321_764739188_o

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވި ޗައިނާ މީހާ ފެނުނީ ދޯނިބާ ދިމާލުން މޫދުގައި އޮތްވާ އެވެ.

ކެނަރީފް ރިސޯޓުން ވާހަކަ ދެއްކި މީހަކު ބުނީ މަރުވި މީހާ މޫދަށް ފޭބީ އޭނާގެ ދަރިފުޅާއި އެކު ދޯނި ބާ އާއި ދިމާލުން ކަމަށެވެ، އަދި އެނާ މޫދަށް ގެބުނުކަން އެނގުނީ ދަރިފުޅު ހަޅޭލަވަމުން ރަށުތެރެއަށް އެރުމުން ކަމަށެވެ.

ކެނަރީޕް ރިސޯޓުން މިއަދު ފަތުރުވެރިއަކު މަރުވި އިރު މިއަދު ހަވީރު ރިސޯޓްގެ މުވައްޒަފުންގެ މެދުގައި ކުޅެމުންދާ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗް ބެލުމަށް ގިނަ އަދަދެއްގެ މުވައްޒަފުންނާއި ފަތުރުވެރިން އަދި ސީނިއާ ސްޓާފުން ގޮސް ތިބީ ފުޓްސަލް ދަނޑު ސަރަހައްދުގައެވެ.