Last Updated: April 23, 20:38
Tuesday, April 23, 2024
ޚަބަރު

ކޯޓަށް ގެންދިއުމުން މުހުތާޒު ދޫކޮށްލައިފި

ރައީސް ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ހައްޔަރު ކުރި ކުރީގެ ޕޮރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ރޭ ދަންވަރު ހައްޔަރު ކުރި މުހްތާޒް ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު މެންދުރު ކޯޓަށް ގެންދިއުމުންނެވެ.

އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސުލް ޖުމްހުރިއްޔާ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރު ކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މުހްތާޒް ކޯޓުން ދޫކޮށްލި އިރު އެމަނިކުފާން އަކީ ރައީސް ޔާމީން އަވަހާރަކޮށްލުމަށް މަސައްކަތް ކުރެއްްވި މައްސަލަ އާއި ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަން މައްސަލާގެ ތުހުމަތުގައި ބަންދު ކުރެވިފައިވާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.