Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ގައްބެ އައްޑޫ އަތޮޅަށް ވަދެއްޖެ! 4 ޖަހާއިރަށް ހިތަދޫ ބަނދަރަށް ކައިރިކުރާނެ!

ކަތަމަރާނެއްގައި ރާއްޖެ ވަށައިގެން ބުރެއް ޖެހުމަށް ނިކުމެފައިވާ އަބްދުލް ގަފޫރު އަލީ (ގައްބެ) ފުވައްމުލަކުން ފުރައިގެން އައިސް މީގެ ކުޑައިރުކޮޅެއް ކުރިން އައްޑޫއަށް ވަދެއްޖެއެވެ.

ގައްބެ ކަތަމަރާނުގައި މިވަގުތު ކަނޑިހެރަ ކައިރީ މަޑުކޮށްލައިގެން އޮތް އިރު، އޭނާ ހިތަދޫ ބަނދަރަށް ކައިރިކުރާނީ ހަވީރު 4 ޖަހާއިރަށެވެ.
12695877_10153216187941150_296573336_n

ގައްބެއަށް މަރުހަބާ ކިއުމަށް "ޑިސްކަވާ އައްޑޫ" އާއި ރޯވިން އެސޯސިއޭޝަން އަދި ދިރާގާއި، ޕޮލިހާއި، އެމްއެންޑީއެފްއިން އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

ގައްބެ، މިރެއާއި މާދަމާ އައްޑޫގައި މަޑުކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

ގައްބެއަށް ހޫނު މަރުހަބާއެއް ކިއުމަށް އަވަހަށް ހިތަދޫ ޖެޓީއަށް ވަޑައިގަންނަވާ!