Last Updated: April 20, 06:38
Saturday, April 20, 2024
ޚަބަރު

ގައްބެ މިއަދު ހަވީރު ހުޅުމީދޫއަށް ދާނެ

ކަތަމަރާނެއްގައި ރާއްޖޭގެ ރައްޔިތުންގެ ބަދަހި ގުޅުމާއި، އެކި ރަށްތަކުގެ ގުދުރަތީ ރީތިކަން ދައްކާލުމަށް ޑޮކިއުމެންޓްރީ ކުރަމުން ދަތުރު ކުރަމުންދާ އަބްދުލް އަފޫރު އަލީ (ގައްބެ) މިއަދު ހަވީރު ހުޅުމީދޫއަށް ޒިޔާރަތް ކުރާނެ ކަމަށް އެޓޮލް ސެއިލާސްއިން ބުނެފިއެވެ.

އެޓޮލް ސެއިލާސްއިން ބުނީ ހުޅުމީދޫއަށް ގައްބެ ކުރާ ދަތުރުގައި، މިއަދު ހަވީރު 5 ޖަހާއިރު ހުޅުމީދޫއަށް ގޮސް މީދޫ ކޯގަންނު ގަބްރުސްތާނަށް ޒިޔާރަތްކޮށް އެތަނުގެ ތާރީހީ ތަންތަން ޑޮކިއުމެންޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ހުޅުމީދޫގެ ރައްޔިތުންނާއި ބައްދަލުކޮށް ވަގުތުކޮޅެއް ހޭދަކުރުމަަށް ކަމަށެވެ.

ގައްބެ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އާސާރީ ތަންތަން ޑޮކިއުމެންޓްރީ ކުރުމަށް މިހާރު ވަނީ މަސައްކަތް ފަށާފައެވެ.

އިއްޔެ ހަވީރު، ހިތަދޫ ބަނދަރު ފަތާ ސަރަހައްދަށް ގައްބެ ދަތުރުކުރަމުން އަންނަ ކަތަމަރާން ބީއްސާލުމާއި އެކު އެތައް ރައްޔިތުންނެއްގެ ހޫނު މަރުހަބާއެއް ގައްބެއަށް ވަނީ ކިޔާފައެވެ.

ގައްބެ ބުނީ އައްޑޫއަށް އާދެވުމުން ވަރަށް ތަފާތު އިހްސާސްތަކެއް ކުރެވޭ ކަމަށާއި، އައްޑޫ އަކީ ހަގީގަތުގައިވެސް "ނަލަނަލައައްޑޫ" ކަމަށެވެ.