Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ކުރިމައްޗަށް ޑޮލަރު އަޅައިފި

އީވާ އަދި މަހްލޫފް ދޫވެހި ކުރިމައްޗަށް ޑޮލަރު އަޅަމުން ދަނީ؛ ފޮޓޯ: ރާއްޖެއެމްވީ

ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގެކޮޅު ގ. ދޫވެހި ކުރިމައްޗަށް ޑޮލަރުތަކެއް އަޅައިފިއެވެ.

ކަރުދާހުގައި ޕްރިންޓްކޮށްފައިވާ ޑޮލަރުތަކެއް ދޫވެހި ކުރިމައްޗަށް އަޅާފައިވަނީ ގަލޮޅަށް ނިސްބަށްވެވަޑައިގަންނަވާ ދެ މަޖްލިސް މެމްބަރުން ކަމަށްވާ އީވާ އަބްދުﷲ އާއި އަހްމަދު މަހްލޫފްއެވެ.
12705205_10153917697224530_1938764753317053374_n

މަހްލޫފް ވަނީ ރައީސް ޔާމީންގެ އެކައުންޓްގައި ގިނަ އަދަދެއްގެ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ބުނެ ޓްވީޓްވެސް ކޮށްފައެވެ. އަދި މިމައްސާލަ އާއި ގުޅިގެން މަހްލޫފް ވަނީ ޕޮލިހަށް ހާޒިރުކޮށްފައެވެ.

ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް ފަސްލައްކަ ޑޮލަރު ޖަމާކޮށްފައިވާ ކަމުގެ ތަފްސީލް ރޭ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވަނީ ހާމަކޮށްފައެވެ.