Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

މާމިގިލި ކޯޓަށް ރައީސް ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް 2 އެސްއޯ ފުލުހަކު ވެސް ދިޔަ

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުުރުމުގެ އަމުރެއް ހޯދުމަށް މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް ދެ ފުލުހަކު ވެސް ގޮސްފައިވާކަން އިތުބާރުހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް އަމުރު ހޯދުމަށް ކުރީގެ ޕްރޮސިކިއުޓާރ ޖެނެރަލް މުހްތާޒް މުހުސިން އާއި އެކު ދިޔައީ ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑް (އެސްއޯ) ގައި މަސައްކަތް ކުރާ 2 ފުުލުހެކެވެ.

ކޯޓް އަމުރުގެ މައްސަލައިގައި ކުރީގެ ޕީޖީ މުހްތާޒް މުހުސިން 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށް އަދި މާމިގިލީ ކޯޓުން ނެރުނު އަމުރު ވެސް ވަނީ ބާތިލްކޮށްފައެވެ.

ރައީސް ޔާމީން ހައްޔަރުކުރުމަށް މާމިގިލި މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އެ ކޯޓުގެ މެޖިސްޓްރޭޓް ނިހާން ވެސް ވަނީ ހައްޔަރުކޮށްފައެވެ.