Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

މާދަމާ ހެނދުނު ކޯއްޓޭ ސާފުކުރަން ނިކުންނަން ތައްޔާރުތަ؟

އީދިގަލި ކިޅީގެ ރީތި މަންޒަރު ގައްބެ ބަލާލަނީ. މާދަމާ ކޯއްޓޭ ސަފު ކުރަނީ. ފޮޓޯ: އެޓޯލް ސެއިލާސް

އިކޯ ޓޫރިޒަމްގެ ގޮތުގައި ތަރައްޤީ ކުރަމުން އަންނަ ހިތަދޫ ކޯއްޓޭ ސަރަހައްދު މާދަމާ ހެނދުނު ސާފު ކުރުމަށް މިވަނީ ނިންމާފައެވެ.

މާދަމާ ހެނދުނު 7 އިން 10 އަކަށް ކުރިއަށް ގެންދާ ސާފު ކުރުމުގެ ހަރަކާތުގައި އައްޑޫގެ ގިނަ މުވައްސަސާ ތަކުން ބައިވެރިވާނެއެވެ.

އެހެން ކަމުން މާދަމާގެ ސާފު ކުރުމުގެ ހަރަކާތުގައި ހިތަދޫގެ ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އައްޑޫ ސިޓީ ކައުންސިލް އާއި އީޕީއޭގެ ވަރަށް ބޮޑު އެދުމެކެވެ.

އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލު ސާފު ތާހިރުކޮށް ބޭއްވުމަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުހަނު މުހިއްމު ކަމެކެވެ. އެހެންވެ އަހަރެމެން އެންމެންގެ ފަރުދީ ޒިއްމާ އަދާކޮށް މާދަމާގެ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވަމާ ހިނގާށެވެ.

"ނަލަ ނަލަ އައްޑޫ"އަކަށް އެންމެން މަސައްކަތް ކުރަމާ ހިނގާ!