Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

މީދޫ ފުޓްސަލް ދަނޑު ވެސް ނިމެނީ

މީދޫ ފުޓްސަލް ދަނޑުގެ މަސައްކަތް އަންނަ މި މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ބުނެފި އެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މީދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

އެހެންވެ އެތަނުގެ މަސައްކަތް މި މަހުގެ 8 އަށް ނިންމައި ލެވޭނެ ކަމަށް ކޮންޓްރެކްޓް އުސޫލުން މި މަސައްކަތް ކުރާ އެމްއާރްޑީސީން ބުންޏެވެ.

އެމްއާރްޑީސީން ބުނީ މީދޫ ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށް ދަނީ ފެންސް ހަރު ކުރަން ޖަހާ ދަގަނޑާއި ލައިޓް ހަރު ކުރާ ހޮޅިތައް ހަރު ކުރުމުގެ މަސައްކަތް ކަމަށެވެ.

އެމްއާރްޑީސީން މިދިޔަ ހަފުތާގެ ތެރޭ ހުޅުދޫ ފުޓްސަލް ދަނޑުގައި ލައިޓް ޖަހައި، އެތަނުގައި ކުރަން ޖެހޭ އިތުރު މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

އަދި ހިތަދު އާއި މަރަދޫ ފުޓްސަލް ދަނޑުގެ މަސައްކަތް މިހާރު ނިމި، އެ ދެ ދަނޑު ވަރަށް އަވަހަށް ހުޅުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

1503365_10205957649040580_3337239080516876817_n
ޒުވާނުން ކުޅިވަރު ކުޅޭނެ ތަންތަން ގާއިމުކޮށް ދިނުމުގެ ގޮތުން މިހާރުގެ ސަރުކާރުން ކުރިއަށް ގެންދާ ފުޓްސަލް ދަނޑުތައް އެޅުމުގެ މަޝްރޫއުގެ ދަށުން އައްޑޫގައި އެންމެ ފުރަތަމަ ފުޓްސަލް ދަނޑު އެޅީ ފޭދޫގަ އެވެ.

އެ ދަނޑު މިދިޔަ އަހަރުގެ ރޯދަ މަހުގެ ތެރޭގައި ހުޅުވައި، މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ.