Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

އެޗްއާރްއެޗްގެ ޑޮކްޓަރުންގެ ޓީމެއް ހުޅުމީދު އަށް

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ ޓީމެއް އަންނަ ބުރާސްފަތި ދުވަހު ހުޅުމީދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ސިއްހީ މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާޗް 5 ވާ ބުރާސްފަތި ދުވަހު ހުޅުމީދޫ ސިއްހީ މަރުކަޒުގައި ހަތަރު ދާއިރާއަކުން ޑޮކްޓަރުންގެ ޓީމް ފަރުވާ ދޭނެ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ އަންހެނުންގެ ބަލިތަކާއި ނަފުސާނީ ބަލިތަކާއި ކަށީގެ ބަލިތަކުގެ އިތުރުން އެތެރެހަށީގެ ބަލިތަކެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުން ބުނީ އެ ހަތަރު ދާއިރާ އިން ބަލި މީހުންނަށް ފަރުވާ ދޭނީ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ކަމަށެވެ.

އެހެންވެ ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ނަން ނޯޓް ކުރުމުގެ ފުރުސަތު ސިއްހީ މަރުކަޒަށް ގޮސްގެންނާއި ފޯނުން ވެސް ނަން ނޯޓް ކުރެވޭނެ އެވެ. ގުޅަން ޖެހޭ ނަމްބަރަކީ 6894680 އެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުން ބުނީ ނަން ނޯޓް ކުރާ ފަރާތްތަކަށް ބުރާސްފަތި ދުވަހު ހެނދުނު 7:45 އިން ކިއު ނަމްބަރު ދޫކުރާނެ ކަމަށެވެ.

އަދި ހެނދުނު 8:00 އިން ފެށިގެން ޑޮކްޓަރަށް ދައްކާ ނަމްބަރު ނަން ނޯޓް ކުރާ ފަރާތްތަކަށް ދޫކުރެވޭނެ އެވެ.