Last Updated: April 19, 22:45
Friday, April 19, 2024
މީހުން

ޖަވާބުދާރީ ވުމަކީ މުހިންމު ކަމެއް: ޑރ. ޝަކީލާ

އެއްވެސް ޤައުމަކަށް ރައްޔިތުން ބޭނުން ހުރިހާ ކަމެއް ވަގުތުން ކޮށެއް ނުދެވޭނެ ކަމަށާއި އެހެންނަމަވެސް ރައްޔިތުންގެ އިހްސާސްތައް އަޑުއަހައި ޖަވާބުދާރީ ވުމަކީ މުހިންމު ކަމެއްކަމަށް ކުރީގެ ހެލްތް މިނިސްޓަރ ޑރ. މަރިޔަމްް ޝަކީލާ ވިދާޅުވެއްޖެ އެވެ.

ދުވަހު ނޫސް "މިއަދު" އަށް ދިން އިންޓަވިއުއެއްގައި ޑރ. ޝަކީލާ ވިދާޅުވީ އަޅުގަނޑުމެންގެ ނާޒުކު ޤައުމުގައި ހިނގަމުން މިދާ ކަންކަމާއިމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އުންމީދު ކުރައްވަަނީ ޤައުމަށް ކުރިމަތިވެފައިވާ މިފަދަ ހާލަތުގައި ވަގުތު ފާއިތުނުވަނީސް ބުއްދިވެރި، ޒިންމާދާރު ނިންމުންތަކެއް ލީޑަރުން ނިންމަވާނެ ކަމަށް ކަމަށެވެ.

"ފަރުދެއްގެ ހައިސިއްޔަތުން، ނޫނީ މަޤާމާއިއެކީގައި ވާރުތަވި ޒިންމާ ފުރިހަމައަށް އަދާކުރެވޭނަމަ މިއަދު މިފެންނަ ހަމަނުޖެހުން ފެނުނީސްތޯ؟" ޑރ. ވަނީ ސުވާލު އުފައްދަވާފަ އެވެ.

ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ރައިސް ވަޙީދުގެ ޚާއްޞަ އެދިވަޑައިގަތުމަކަށް ސަރުކާރާއި ގުޅިވަޑައިގެން އެންވަޔަރަންމަންޓް މިނިސްޓަރުގެ ހައިޞިއްޔަތުންނާއި އަދި މިސަރުކާރުގައި ހެލްތް އެންޑް ޖެންޑަރ މިނިސްޓަރގެ ހައިސިއްޔަތުން ޤައުމަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކުރު މައްދަތެއްގައި ޑރ. ޝަކީލާ ކޮށްދެއްވި ކަން ގިނަ ބަޔަކު ޤަބޫލުކުރެއެވެ.