Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

އައްޑޫ ހައި ސްކޫލް ދަރިވަރުން ފަތަނީ

އެމްއެންޑީއެފުން ހައި ސްކޫލްގެ ދަރިވަރުންނަށް ފަތަން ދަސްކޮށް ދެނީ. ފޮޓޯ/ ހައި ސްކޫލް އެފްބީ ޕޭޖް

އައްޑޫ ހައިސްކޫލްގެ ދަރިވަރުންނަށް ފަތަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފުގެ ސަދަން އޭރިއާ އިން ފަށައިފި އެވެ.

ހިތަދޫ ފަތާ ސަރަހައްދުގައި އިއްޔެ ފެށި މި ޕްރޮގްރާމު ރަސްމީކޮށް ފައްޓަވައި ދެއްވީ ސަދަން އޭރިއާގެ ޑެޕިޔުޓީ ކޮމާންޑަރެވެ.

މި މަހުގެ 17 އާ ހަަމައަށް ކުރިއަށް ގެންދާ ޕްރޮގްރާމުގައި ގްރޭޑް 11-12 އަށް ކިޔަވައިދޭ ހައި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ބައިވެރިވެ އެވެ.

HJJKHK (1)

ފެތުމުގެ ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތުގައި ހައި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު މިހާދު ވިދާޅުވީ ފަތަން އެނގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މީގެ އަހަރުތަކެއް ކުރީން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ ކޮންމެ ކުއްޖަކީ ފަތަން އެނގޭ ކުއްޖަކަށް ހެދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ.

HJJKHK (3)

"މިކަމުން ވެސް އެނގެނީ ކަމުގެ މުހިއްމު ކަމުގެ ބޮޑުކަމުން. ފަތަން އެނގުމަކީ ހަމައެކަނި މޫދަށް އެރިލާފައި އަރަން އެރުމެއް ނޫން. އެއަށް ވުރެ ބޮޑަށް ތިޔަ ކުދިންނަށް ބޮޑުކަމެއް ދިމާވެއްޖެއްޔާ ހުނަރުވެރިކަމާ އެކު އަމިއްލަ ނަފްސު ސަލާމަތް ކުރެވެންދެން ނުވަތަ ސަލާމަތީ ވަސީލަތެއް ތިޔަ ކުދިންނާ ހަމައަށް ފޯރުކުރެވެންދެން މޫދުގައި އުޅެން އެނގެން އެބަ ޖެހޭ." މިހާދު ވިދާޅުވި އެވެ.