Last Updated: April 18, 21:56
Thursday, April 18, 2024
ޚަބަރު

އައްޑޫ ކައުންސިލުން ލޯންޗެއް ގަންނަނީ

އައްޑޫ ސިޓީ ކައުންސިލުން ލޯންޗެއް ގަންނަން ނިންމައިފި އެވެ.

ކައުންސިލުން މާދަމާ ނެރޭ އިއުލާނެއްގައިވާ ގޮތުން ގަންނަން ބޭނުން ވަނީ މުޅިން އާ ލޯންޗެކެވެ. އަދި އެއީ 18 މީހުންގެ ޖާގައިގެ ލޯންޗެކެވެ.

ކައުންސިލުން ބުނީ ލޯންޗެއް ވިއްކަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

އެހެންވެ ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

މިކަމާ ބެހޭ ގޮތުން މި މަހުގެ 16 ވަނަ ދުވަހު ކައުންސިލް އިދާރާ އިން މައުލޫމާތު ދޭނެ އެވެ. އެއީ އެ ދުވަހުގެ މެންދުރު ފަހު 2:00 ޖަހާ އިރު އެވެ.

ކައުންސިލުން ބުނީ މައުލޫމާތު ސާފު ކުރަން ހުޅުވައިލާ ވަގުތަށާއި ޕްރޮޕޯސަލް ހުށަހަޅަން ދޭ ވަގުތަށް ނާންނަ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަންނާނެ ކަމަށެވެ.

ކައުންސިލުން ލޯންޗެއް ގަންނަން ނިންމާފައި ވަނީ ކައުންސިލްގެ ބަޖެޓުންނެވެ.