Last Updated: April 18, 22:36
Friday, April 19, 2024
ދީން

ޝެއިހް އިލްޔާސް "ތައްޔާރުވޭ"

އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ޝެއިހް އިލްޔާސް ހުސައިން ގެ ހާއްސަ ދަރުސެއް "ތައްޔާރުވޭ" ގެ ނަމުގައި ބާއްވަން ނިންމައިފި އެވެ.

މި ދަރުސް އޮންނާނީ އެރޭ 9:00 ގައި އަލިމަސް ކާނިވާ ސަރަހައްދުގަ އެވެ.

މިއީ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝެއިލް އިލްޔާސް ދެއްވާ ފުރަތަމަ ދަރުސްކަން ފާހަގަކޮށްލެވެ އެވެ.

ހިތަދު އަށް ނިސްބަތްވެވަޑައިގަންވާ ޝެއިހް އިލްޔާސް މި ވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ މެލޭޝިއާގައި ކަމަށް އެނގިފައިވެ އެވެ.

އޭނާއަކީ އެތައް މައުޟޫއެއްގެ މައްޗަށް ޝައުގުވެރިވާ ގޮތަކަށް ދަރުސް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ.