Last Updated: April 25, 11:18
Thursday, April 25, 2024
ޚަބަރު

ހަމަދުގެ ޓީމުން ހިތަދޫގައި ރުއް އިންދައިފި

ހަމަދުގެ ޕްރިންސިޕަލް ޝައުކަތު ރުއް އިންދަވަނީ. ފޮޓޯ ހަމަދު ސްކޫލް އެފްބީ ޕޭޖް

ތަޖުރިބާ ދަތުރެއްގައި މިހާރު އަައްޑު އަށް އައިސްގެން އުޅެ ލ. ގަމު ހަމަދު ބިން ހަލީފާ އަލްސާނީ ސްކޫލްގެ ޓީމުން މިއަދު ހިތަގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

އެ ސްކޫލްގެ 32 ދަރިވަރަކާއި ނުވަ އޮފިޝަލުން އައްޑޫ ހައި ސްކޫލަށް ކުރާ ތަޖުރިބާ ދަތުރުގައި މިއަދު ހަވީރު ވަނީ، ހައި ސްކޫލްގެ ކުރިމަތީ އޮންނަ ބިމުގައި ރުއް އިންދައިފަ އެވެ.

BKJBK (2)

ހަމަދުގެ ޕްރިންސިޕަލް މުހައްމަދު ޝައުކަތު ވިދާޅުވީ އައްޑު އަށް ކުރަމުން އަންނަ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށެވެ.

އެ ޓީމް އައްޑު އަށް އައީ މިދިޔަ މަހުގެ 27 ގަ އެވެ. ފުރަން ހަމަޖެހިފައި ވަނީ މި މަހުގެ 6 ވަނަ ދުވަހު އެވެ.