Last Updated: April 20, 13:04
Saturday, April 20, 2024
ވިޔަފާރި

އުރީދޫން މޮބައިލް ޑޭޓާގެ އާ ޕެކޭޖްތަކެއް

ބޮޑެތޮ ބަދަލުތަކަކާ އެކު މޮބައިލް ޑޭޓާގެ އާ ޕެކޭޖްތަކެއް އުރީދޫން ތައާރަފުކޮށްފި އެވެ.

އުރީދޫން މިއަދު ބުނީ އާ ޕެކޭޖްތަކުގެ އެންމެ ހާއްސަ ކަމަކީ މިހާރަށް ވުރެ ބޮޑު ޑޭޓާ އެލަވަންސެއް ލިބުމާއި، ފޭސްބުކާއި ޓްވިޓާ ހިލޭ ބޭނުން ކުރެވުމެވެ.

އުރީދޫގެ ބްރޯޑްބޭންޑު ޕެޖޭކްތަކުގައި ހިމެނޭ އެންމެ ބޮޑު އެލަވަންސް ލިބޭ، 200ޖީބީގެ ޕެކޭޖް މިހާރު މޯބައިލް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެ އެވެ.

ޖުމްލަ 6،599ރ ގެ 200ޖީބީގެ ޕެކޭޖާއެކު އުރީދޫގެ ކަސްޓަމަރުންނަށް މިހާރު ޖުމުލަ ނުވަ ޑޭޓާ ޕެކޭޖެއް ލިބެ އެވެ.

އުރީދޫގެ މޮބައިލް ޑޭޓާ ޕެކޭޖްތައްތަކަކީ 500އެމްބީ ލިބޭ 99ރ. ގެ ޕެކެޖާއި 2ޖީބީ ލިބޭ 199ރ ގެ ޕެކެޖާއި 4ޖީބީ ލިބޭ 299ރ. ގެ ޕެކެޖާއި 8.5ޖީބީ ލިބޭ 599ރ. ޕެކެޖާއި 14ޖީބީ ލިބޭ 899ރ. ޕެކެޖާއި 20ޖީބީ ލިބޭ 999ރ. ޕެކެޖާއި 60ޖީބީ ލިބޭ 1،999ރ. ގެ ޕެކެޖާއި 100ޖީބީ ލިބޭ 3،199ރ. ޕެކެޖްގެ އިތުރުން 200ޖީބީ ލިބޭ 5،699ރ. ޕެކެޖެވެ.

GH

އުރީދޫން ބުނީ 200ޖީބީގެ ޕެކޭޖަކީ ރާއްޖޭގައި އެންމެ ބޮޑު އެލަވަންސް ލިބޭ މޯބައިލް ޑޭޓާ ޕެކޭޖް ކަމަށެވެ.

ޑޭޓާ ޕެކޭޖްތަކަށް ގެނައި ބަދަލާއެކު ޓްވިޓާ އާއި ފޭސްބުކް ހިލޭ ނުލިބޭނީ 500އެމްބީގެ ޕެކޭޖަށެވެ. އަދި 2 ޖީބީ އާއި 4ޖީބީގެ ޕެކޭޖްގައި ހިލޭ ލިބެނީ ފޭސްބުކެވެ. އެހެން ޕެކޭޖްތައަކަށް ފޭސްބުކާއި ޓްވިޓަ ހިލޭ ލިބެ އެވެ.