Last Updated: March 28, 17:07
Thursday, March 28, 2024
ޚަބަރު

ފޭދޫ ބަނދަރު ތޮށިގަނޑު ކައިރި އަށް ގާ

ފޭދޫ ބަނދަރުމަތިން ތާރު އެޅި ސަރަހައްދުގައި ތޮށިގަނޑާ ދިމާލުން ގާ އަތުރައިފި އެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭަޝަން (އެމްއާރްޑީސީ) އިން ބުނީ ތޮށިގަނޑު ކައިރީގައި ގާ އެތުރީ، ބަނދަރުމަތީގައި ޖަހާފައި ހުންނަ ލައިޓްތަކަށް ކަމެއް ދިނާވެއްޖެ ނަމަ، ގާ ނައިގެން މަސައްކަތް ކުރަން ފަސޭހަވާނެތީ ކަމަށެވެ.

ބަނދަރުމަތީގައި ތާރު އަޅާފައި ވަނީ ބަނދަރުގެ މެދުން 100 މީޓަރު ސަރަހައްދެއްގަ އެވެ.

HKJHK (2)

އެމްއާރްޑީސީން ބުނީ ދެވަނަ ފިޔަވައްސެއްގެ ދަށުން މުޅި ބަނދަރުގައި އެއްކޮށް ތާރު އަޅާނެ ކަމަށެވެ.

އެހެން ނަމަވެސް އެ ފިޔަވަހީގެ މަސައްކަތް ފަށާނެ ދުވަހެއް އެ ކުންފުނިން ނުބުނެ އެވެ.

HKJHK (3)

މި މަސައްކަތަކީ ހައުސިން މިނިސްޓްރީން ކޮންޓްރެކްޓް އުސޫލުން އެމްއާރްޑީސީ އާ ހަވާލުކޮށްގެން ކުރާ މަސައްކަތެކެވެ.