Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ފަގީރު އާއިލާއެއް އެނގޭތަ؟

ބޭނުން ޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ އިން ކުރިއަށް ގެންދާ ކާބޯތަކެތީގެ އެހީގެ ޕްރޮގްރާމް މިފަހަރު ވެސް ހިތަދޫ ކުރިއަށް ގެންދާ ގޮތަށް ނިންމައިފި އެވެ.

އެ ޖަމިއްޔާ އިން މި ޕްރޮގްރާމް ކުރިއަށް ގެންދަނީ "ހެޔޮ ކަމަށް މަގު ދައްކާ މީހާ، ހެޔޮކަން ކުރާ މީހާ ފަދަ އެވެ." މި ޝިއާރުގެ ދަށުންނެވެ.

އެ ޖަމިއްޔާ އިން ބުނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ހިތަދޫގައި ހިންގާ މި ޕްރޮގްރާމަކީ، އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ނިކަމެތި ފަގީރު އާއިލާތައް ދަނެގަނެ، އެ އާއިލާތަކަށް އެހީތެރިކަން ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށެވެ.

"ނޫރުލް އިސްލާމް ޖަމިއްޔާ އިން ހިތަދޫގައި ކާބޯތަކެތީގެ އެހީގެ ހާއްސަ ޕްރޮގްރާމެއް ހިންގުމަށްޓަކައި، ކާބޯތަކެެއްޗަށް ބޭނުން ޖެހިފައިވާ ފަގީރު އާއިލާތައް ހޯދަން ބޭނުންވެ އެވެ. ވީމާ މިފަދަ ފަރާތްތަކުގެ މައުލޫމާތު އެނގިލައްވާ ފަރާތްތަކުން މި ޖަމިއްޔާ އާ އެ މައުލޫމާތު ހިއްސާ ކުރުން އެދެމެވެ." ޖަމިއްޔާ އިން ބުންޏެވެ.

ނޫރުލް އިސްލާމުން ބުނީ އެގޮތަށް ލިބޭ މައުލޫމާތު ސައްހަ ކުރުމަށް އެ ޖަމިއްޔާގެ ވަފުދެއް އެފަދަ އާއިލާތަކަށް ޒިޔާރަތް ކުރާނެ ކަމަށެވެ.

11041746_811460008909755_6038480792950840327_n

އެހެން ނަމަވެސް އެފަދަ ފަރާތްތަކުގެ މައުލޫމާތުތަކަކީ ޖަމިއްޔާގެ ސިއްރެއް ކަމަށާއި އެއްވެސް ފަރާތަކަށް އެ މައުލޫމާތު ހިއްސާ ނުކުރާނެ ކަމަށް ނޫރުލް އިސްލާމުން ބުންޏެވެ.

އެހެންވެ މިކަމަށް ނަން ނޯޓް ކުރަން މިހާރު ވަނީ މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ. ގުޅަން ޖެހޭ ނަމްބަރަކީ 7713663، 77258899 އަދި 9902900 އެވެ.