Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

ސޮލާހްގެ މަރަށް ހަތެއް، އިންސާފް ކޮބާ؟

ހިތަދޫ ނާޒުކީގޭ ހުސެން ސޮލާހު

ރައީސް އަބްދުﷲ ޔާމީނެވެ.އަ ހަރުމެން އައްޑޫ މީހުން އެންމެ ފުރަތަމަ ދުވަހު ވެސް ކިޔަމުން އަންނަނީ މި ލަވަ އެވެ. މި ޤައުމުގައި އިންސާފެއް ނެތް ވާހަކައެވެ. އިންސާފެއް ނެތޭ ބުނަނީ ކޮންމެހެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްގެން ގެންގުޅޭތީ އެއް ނޫނެވެ.

މި ޤައުމުގައި އިންސާފު ނުލިބޭ އެތައް ރައްޔިތުންނެއް އެބަތިއްބެވެ. އަޅުގަނޑުމެންގެ މި އައްޑޫގައި ވެސް އަނިޔާ ލިބިފައިވާ އެތައް ރައްޔިތުންނެއް އެބަތިއްބެވެ.

ތިބޭފުޅާ ވިދާޅުވާ ހުރިހާ ރައްޔިތުންނަށް އިންސާފު ލިބެން ޖެހޭ އުސޫލުގައި އާދައިގެ ނިކަމެތި ރައްޔިތުންވެސް ހިމެނޭ ކަމަށް ވިދާޅުވީމު ނޫންތޯ އެވެ؟

ތިބޭފުޅާގެ ތެދުވެރިކަމަކާއި އިޚްލާސްތެރިކަމެއް ހުންނެވި ކަމުގައި ވާނަމަ މި ކަމުގައި އިންސާފު ހޯއްދަވައި ދެއްވާށެވެ.

އެޕްރީލް 15، 2007 ވަނަ ދުވަހު މޫދުގައި މަރުވެފައި އޮއްވާ ފެނުނު ހުސެން ސޮލާހުގެ މަރަށް ހަތް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އަދިވެސް އިންސާފެއް ނުލިބެއެވެ.އެދުވަހު ރައްޔިތުން ކުރި ސުވާލުތަކުގެ ޖަވާބު އަދިވެސް ނުލިބެ އެވެ. ހުސެން ސޮލާހުގެ އާއިލާ އަށް އަދިވެސް އިންސާފެއް ނުލިބެ އެވެ.

ނަމަވެސް މަނިކުފާނު ވިދާޅުވާ "މިނިވަން" ޝަރުއީ ދާއިރާ މި އުޅެނީ ރައީސް ނަޝީދުގެ މައްޗަށް ހުކުމެއް ނުކުރެވިގެންނެވެ. ނޫން ނަމަ ތިން ވަޒަން ބޭނުންކޮށްގެން ތިން މީހަކު މަރާލާނެ ޤާބިލްކަން ހުރި ކުރީގެ ޑިފެންސް މިނިސްޓަރެއްގެ މައްޗަށް ޖަލު ހުކުމެއް ތަންފީޒު ނުކުރެވިގެންނެވެ.

ހުސެން ސޮލާހުގެ މަރަށް މިއަދު މި ވަނީ 2،888 ދުވަސް ވެފަ އެވެ. ނަމަވެސް އޭނާގެ މަރުގެ ހަޤީޤަތް އަދިވެސް ހޯދިފައެެއް ނުވެ އެވެ.

އުމުރުން 28 އަހަރުގެ ސޮލާހް މަރުވީ އޭނާ އަށް ފުލުހުން އަނިޔާކޮށްގެން ކަމަށް ވަރަށް ގިނަ ބަޔަކު ވަނީ ވާހަކަ ދައްކައިފަ އެވެ.
ހުސެން ސޮލާހް ބަންދުކޮށްގެން ފުލުހުން ގެންގުޅުނު އަތޮޅުވެއްސާ ދިމާ މޫދުގައި މަރުވެފައި އޮއްވައި ފެނުނީއްސުރެ އޭނާގެ މަރާގުޅޭ ގޮތުން ފުރިހަމަ ޖަވާބު ނުލިބޭ އެތައް ސުވާލެއް ފެންމަތިވެފައި ވެ އެވެ.

އެކަމުގެ ސަބަބުން ސޮލާހްގެ މަރުގެ މައްސަލަ ވެފައިވަނީ 2007 ވަނަ އަހަރު ފުލުހުންނަށާއި ސަރުކާރަށް ކުރިމަތިވި އެންމެ ނާޒުކު އެއް މައްސަލައަށެވެ.

46311_1312030201_news

އެ މައްސަލައާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ފުލުހުންނާއި ސަރުކާރަށް ވަރަށް ގިނަ ފިއްތުންތައް ކުރިމަތިކުރުވައި ބޮޑެތި އެއްވުންތައް ބާއްވައިފައި ވެ އެވެ. ހަމަނުޖެހުންތައް ހިންގައިފައިވެ އެވެ. އަދި ކިއެއްތޯ އެވެ؟

އޭނާގެ މަރުގެ ހަގީގީ ސަބަބު ހޯދުމަށް އެތައް ހާސް ރުފިޔާއެއް ޚަރަދު ކުރެވިފައި ވެ އެވެ. ނަމަވެސް ނިކަމެތި ރައްޔިތެއްގެ މަރަށް ވުމުން އިންސާފު ހޯދައެއް ނުދެވުނެވެ.

ހިއުމަން ރައިޓްސްގެ ފަރާތުން އެ މައްސަލަ ތަޙްޤީޤް ކުރުމަށް ފަހު ނެރުނު ރިޕޯޓްގައި ވާގޮތުން ސަލާހް ފުލުހުންގެ ބަންދުން ދޫކޮށްލިކަން ސާބިތެއް ނުވެ އެވެ. ހަމަ އެގޮތަށް އޭނާއަށް އަނިޔާކޮށްފައިވާކަން ވެސް ސާބިތެއް ނުވެ އެވެ.

އޭގެ މާނައަކީ ސޮލާހަށް ފުލުހުން އަނިޔާކޮށްގެން އޭނާ މަރުވެފައިވާކަން ތަހުގީގަށް ސާބިތު ނުވާ ކަމެވެ. އޭނާއަށް އަނިޔާކޮށް މަރާލީ ކަމަށް ވާހަކަ ދެއްކި އެންމެން ދެއްކި ވާހަކަތަކަކީ ހަގީގަތެއް، އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ވެގެން ދިޔައީ އެވެ.

ސޮލާހުގެ މަރާ ގުޅިގެން އެންމެ ފުރަތަމަ ދުވަހު ވެސް އަދި މިހާރު ވެސް އުފެދިފައިވާ އެންމެ ބޮޑު ސުވާލުތަކަށް އަދިވެސް ޖަވާބެއް ނުލިބެއެވެ. އޭނާ މަރުވީ ކީއްވެގެން ހެއްޔެވެ؟ އޭނާ މަރުވެފައި މޫދުގައި އޮތީ ކީއްވެގެން ހެއްޔެވެ؟

ފުލުހުންގެ ތަހުގީގަށްފަހު އޭނާ ދޫކޮށްލުމުން އޭނާގެ ގާތްތިމާގެ ބަޔަކަށް އޭނާ ފެނިފައި ނެތީ ކީއްވެގެން ހެއްޔެވެ؟ ދެވަނަ ޕޯސްޓްމޯޓަމެއް ހަދަން ސޮލާހުގެ އާއިލާ އަށް ސަރުކާރުން ފުރުސަތު ނުދެއްވީ ކީއްވެގެން ހެއްޔެވެ؟ މޮޅަށް ދެނެވޮޑިގެން ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.

މި ވާހަކަ މިހާ ތަފްޞީލްކޮށް ތިބޭފުޅާ އަށް ކިޔައި ދޭކަށް ނުޖެހޭނެ އެވެ. ތިބޭފުޅާމެންގެ ވެރިކަމެއްގައި ހިނގި ހާދިސާ އަކަށް ވީމައެވެ.

އަޅުގަނޑު އާދޭހާ އެކު ދަންނަވަމެވެ. ހުސެން ސޮލާހުގެ މައްސަލާގައި އިންސާފު ހޯދައި ދެއްވާށެވެ!

މަނިކުފާނު ވިދާޅުވިޔަސް ޖަޒުބާތީ ނުވެ އަޅުގަނޑުމެންނަކަށް އެހެން ނޫނީ ނުތިބެވޭނެ އެވެ. ޤައުމުގައި އިންސާފު އޮތް ކަމަށް އަޅުގަނޑުމެން ޤަބޫލު ކުރާނީ މިފަދަ މައްސަލަތަކުގައި ވެސް އިންސާފު ލިބެން ޖެހޭ ނިކަމެތި އާއިލާތަކަށް ވެސް އިންސާފު ހޯދައި ދެވިގެންނެވެ.