Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ނިކަމެތިންނަށް އިންސާފެއް ނެތް

އަހުސަން ބަޝީރު: އާއިލާ އަށް އިންސާފެއްް ނުލިބޭ.

"ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި ބާއްވާފައި އޮތް އިރު، އަހުސަން އަށް އޮތީ އޮކްސިޖަން ގުޅާފައި ކަމަށް ހެކިބަސް ދިން މީހުން ބުންޏެވެ. އެ މީހުން ވަނުމުން އަތުގެ އިޝާރާތުން ކައިރި އަށް އައުމަށް އަހުސަން އެދުނު ކަމަށާއި ކައިރި އަށް ޖެހިލުމުން އޮކްސިޖަން މާސްކު ނެގުމަށް ފަހު، ވަރަށް އުނދަގުލުން ތުރުތުރު އަޅަމުން ޝަހުމް… ޝަހުމް… ޖަރުމަނު… ޖަރުމަނު އެ ގޮތަށް ބުނި ކަމަށް ހެކިބަސް ދިން މީހުން ބުންޏެވެ. ޖަރުމަނަކީ ޝަހުމްއާ އެކު ސައިކަލް ދުއްވި ޝިމާޒަށް ކިޔާ ވަނަން ކަމަށް ހެކިބަސް ދިން މީހުން ބުންޏެވެ."

އެއީ 2011 ވަނަ އަހަރު ހިތަދޫ ވަރުދީގޭ އަހްސަން ބަޝީރް މަރާލި މައްސަލައިގައި ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމް އާއި ދެކޮޅަށް ކްރިމިނަލް ކޯޓްގައި ހެކި ބަސް ދިން މީހަކު ދެއްކި ވާހަކަ ތަކެކެވެ.

ހަމަލާ ދިނީ ޝަހުމް ކަމަށް އަހުސަން އެހެން ބުނިއިރު އޮތީ މަރުގެ ތުންފަތްމަތީގައި މަރާ ހަނގުރާމަކުރަން ކަމުން އެފަދަ ހާލަތެއްގައި އޮންނަ މީހަކު ދޮގު ހެދުމަކީ މުސްތަހީލު ކަމެއް ކަމަށް އިސްލާމީ ޝަރީއަތުގައި ބެލެވެ އެވެ. އަދި އެފަދަ ހާލަތެއްގައި އޮންނަ މީހަކު ބުނާ ބަހަށް ބުރަދަން ދޭން ޖެހޭނެ ކަމަށް އިލްމުވެރިން ވެސް ވިދާޅުވާއިރު ކޮމަން ލޯގައި ވެސް އެގޮތަށް ބެލެވިފައިވެއެވެ.

ނަމަވެސް ޝަރީޢަތް ނިމުނު އިރު ހުކުމުގައި ވަނީ އަހްސަން ބަޝީރް މަރާލި ކަމުގެ ކުށް ޝަހުމްގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.

"އިބްރާހިމް ޝަހުމް އާދަމާއި ހަސަން ޝިމާޒް މުހައްމަދު ޝުވާދުގެ މައްޗަށް ކުޅަ މި ދައުވާގެ އަސްލަށް އިބްރާހިމް ޝަހުމް އާދަމާއި ހަސަން ޝިމާޒް މުހައްމަދު ޝުވާދު އިންކާރުކޮށްފައިވުމާއި އިސްލާމީ ޝަރީއަތުގައި މީހަކު ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުކުރެވޭނީ އެއްވެސް ޝުބްހައެއް ނެތި ދައުވާ ސާބިތުވާ މިންވަރަށް ކަން ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްގެ ގެ ސައްޙަ ހަދީޘުން ސާބިތުވާތީ، މި ދައުވާ ސާބިތުކުރުމަށްޓައި އެ މިންވަރަށް ދައުލަތުން ހެކި، ގަރީނާ ހުށަހަޅާފައިނުވާތީ،" ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ޝަހުމްގެ މައްޗަށް ސާބިތުނުވާ ކަމަށާއި ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ޝިމާޒްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓުން އިއްވި ހުކުމްގައި ވެެއެވެ.

މީގެ އިތުރުން އަހުސަން މަރުވި މައްސަލައިގައި، ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކުރި އަންހެން ކުއްޖަކާއި ފިރިހެން ކުއްޖާގެ މައްޗަށް ވެސް އެ ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަހުސަން މަރާ ގުޅިގެން ޝަހުމް ހޯދަމުން ދަނިކޮށް އޭނާ ފެނުނީ ފަޅު ރަށެއްގައި ފިލައިގެން އުޅެނިކޮށެވެ. އޭނާ ފިލުވުމުގައި އެހީތެރިވި ކަމަށް ބުނެ ދައުވާކުރި މީހުން ވެސް ވަނީ ހެކި ނެތިގެން ސަލާމަތްވެފަ އެވެ.

އަހުސަން ބަޝީރަށް ޝަހުމް ހަމަލާދިން ކަމަށް ތުހުމަތުކުރަނީ މުހައްމަދު ހުސައިންގެ މަރުގެ މައްސަލައިގައި ބަންދުކޮށްފައި ހުއްޓާ، ހެލްތު މިނިސްޓަރ ދޫކޮށްލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

HLKJL (1)

އެދުވަހުގެ އަޑުއެހުމުގައި ތަހުގީގު ނުނިމި މިހާ ގިނަ ދުވަސް ވަނީ ކީއްވެތޯ ސުވާލުކުރެއްވުމުން ފުލުސް އޮފިސަރު ވިދާޅުވެފައި ވަނީ މަރުވި ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓް ނުލިބިގެން ކަމަށާއި އެހެން ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށެވެ.

ނަމަވެސް އަބްދުﷲ މުޙައްމަދަށް ވެސް ޝަހުމްގެ ނުރައްކާތެރިކަން އެނގިހުރެ އޭނާ މުޖުތަމައް އަށް ދޫކޮށްލީ އެވެ.

ދާދި ފަހުން ބޭއްވި ކުރީގެ ރައީސް ނަޝީދުގެ ޝަރީއަތުގައި ބައެއް ހެކި ބަސް ނަގަން ނުޖެހޭ ކަމަށް ފަނޑިޔާރުން ނިންމެވިއެވެ. އަދި "ހެކި ނެތަސް ޤަބޫލުކުރެވޭ ކަމަށް" ވިދާޅުވެ ފަނޑިޔާރުން ވަނީ ނިންމުންތައް ނިންމައިފައެވެ.

ނަމަވެސް މީހަކު މަރާލުމުން ދައުވާ ލިބޭ މީހާ "މިނިސްޓަރުން ޒިންމާދާރު ކުރުމަށް" ކަމަށް ބުނެ ގާޒީން ދޫކޮށްލަނީ އެވެ.

ހަމަ އެ ގާޒީގެ މައްސަލަތަށް ހުރި ކަމަށް ބުނެ އޭނާ ހައްޔަރުކުރި މައްސަލައިގައި ކުރިީގެ ރައީސް ނަޝީދުގެ މައްޗަށް އެންމެ 19 ދުވަހުން ޓެރަރިޒަމްގެ ދައުވާކޮށް ހުކުމް އިއްވިއްޖެއެވެ.

އަހްސަން ބަޝީރްގެ އާއިލާ އަކަށް އިންސާފެއް ނުލިބުނެވެ.ނަމަވެސް އަބްދުﷲ ގާޒީ އަށް "އިންސާފު" ހޯދައި ދީފި އެވެ. ނިކަމެތިންނަށް ނިކަމެތިކަމެވެ. މި ޤައުމުގައި ނިކަމެތިންނަކަށް އިންސާފެއް ނުލިބެ އެވެ.