Last Updated: March 29, 18:55
Friday, March 29, 2024
މުނިފޫހިފިލުވުން

ފަރަހް ހާން އާއިލާ އެކު ރާއްޖޭގައި

"ހެޕީ ނިއު އިޔާ" އާއި "އޯމް ޝާންތީ އޯމް" ފަދަ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ކޮރިއަގްރާފަރު ފަރަހް ހާން އާއިލާ އެކު ޗުއްޓީ އަށް އަތުވެއްޖެ އެވެ.

ފަރަހްގެ ޓްވިޓާގައި ވަނީ ރާއްޖޭގެ ރިސޯޓެއްގެ ޖެޓީ މަތީގައި ތިން ކުދިންނާ އެކު ފިރިމީހާ ނަގާފައިވާ ފޮޓޯއެއް ވެސް ޕޯސްޓްކޮށްފަ އެވެ. އެ ފޮޓޯގައި ފަރަހް ނުފެނެ އެވެ.

އެ ފޮޓޯ އާ އެކު އޭނާ ލިޔެފައި ވަނީ "ޕޯޓްރެއިޓް އޮފް މައި ފެމިލީ އިން މޯލްޑިވްސް" އެވެ. ފޮޓޯގެ ކްރެޑިޓް ދީފަައި ވަނީ ފަރަހްގެ މަންމައަށެވެ.

ފަރަހް ރާއްޖޭގައި ނަގާފައިވާ ފޮޓޯ.
ފަރަހް ރާއްޖޭގައި ނަގާފައިވާ ފޮޓޯ.

ފަރަހް ޗުއްޓީ އަށް ރާއްޖެ އައިކަން ފޭނުންނާ ޓްވިޓާ މެދުވެރިކޮށް ހިއްސާކޮށްފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ.

އެހެންވެ އޭނާ ރާއްޖެ އައީ ވެސް މިއަދުގެ ވަގުތެއްގައި ކަމަށް ބެލެވެ އެވެ. އެކަމަކު ޗުއްޓީ ހޭދަ ކުރަނީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެ އެވެ.

ފަރަހްގެ ދަތުރުގައި ތިން ކުދިންނާއި އޭނާގެ މަންމަގެ އިތުރުން ފިރިމީހާ ޝްރިޝް ރާއްޖޭގައި ހޭދަ ކުރާނީ ކިހާ ދުވަހެއް ކަމެއް ނޭނގެ އެވެ. ޝްރިޝްއަކީ ފިލްމް އެޑިޓަރެއްގެ އިތުރުން ޑައިރެކްޓަރެއް ވެސް މެ އެވެ.

ފަރަހް ތިން ކުދިންނާއި ފިރިމީހާ ޝްރިޝް އާ އެކު.
ފަރަހް ތިން ކުދިންނާއި ފިރިމީހާ ޝްރިޝް އާ އެކު.

އެހެން ނަމަވެސް މިހާތަނަށް އޭނާ ޑައިރެކްޓް ކުރި "ޖޯކަރު" އާއި "ޖާނޭމަން" އަކީ ބޮޑު ދެ ފްލޮޕެވެ.

ފަރަހް މިހާތަނަށް ތިން ފިލްމް ޑައިރެކްޓް ކުރި އިރު، އެންމެ ކާމިޔާބް ދެ ފިލްމުގައި ލީޑް ރޯލް ކުޅެފައި ވަނީ ޝާހްރުކް ހާނާއި ދީޕިކާ ޕަދްކޯނެވެ.

އަކްޝޭ ކުމާރާއި ކެޓްރީނާ ކެއިފް ހިމަނައިގެން ފަރަހް ގެނެސް ދިން "ތީސް މާރް ހާން" އަކީ ބޮޑު ފްލޮޕެކެވެ.

ދާދި ފަހުން ކަލާޒް ޗެނަލުން ނިންމާލި "ބިގް ބޮސް" ގެ އަށް ވަނަ ސީޒަންގެ ވަކި ހިސާބަކުން އެ ޝޯ ހޯސްޓް ކުރަމުން ދިޔަ ސަލްމާން ހާން، ޝޯ ހޯސްޓް ކުރުން ހުއްޓާލުމުން ޝޯ ކުރިއަށް ގެންދިޔައީ ވެސް ފަރަހް އެވެ.

އޭގެ ފަހުން މިހާރު ކަލާޒުން އަންނަނީ ކޮންމެ އާދީއްތަ ދުވަހުގެ ރޭ "ފަރަހް ކީ ދާވަތު" ގެ ނަމުގައި ކައްކާ ޝޯއެއް ގެނެސް ދެމުންނެވެ. މިއީ ސެލެބްރިޓީ ކުކިން ޝޯއެކެވެ.

Farah-Ki-Daawat

އޭނާގެ ބަނޑިތަކަށް ބޮލީވުޑްގެ އެތައް ތަރިންނެއް ނައްޓުވާފައިވާ ފަރަހް ވަނީ ފިލްމެއް ވެސް ކުޅެފަ އެވެ.

އެއީ ބޮމަން އިރާނީ އާ އެކު ކުޅުނު "ޝީރީން ފަރްހާދް ކީ ތޯ ނިކަޕް ޕަޅީ" އެވެ. މި ފިލްމްގެ ޑައިރެކްޓަރަކީ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކޮއްކޮ ބޭލާ ސޭގަލް އެވެ.