Last Updated: April 19, 22:45
Friday, April 19, 2024
ސިޔާސީ

"ގާސިމަށް އިންތިހާބު ނުލިބުނީ ޑރ. ހަސަން ރަނިންމޭޓަކަށް ހެދުމުން"

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ގާސިމް އިބްރާހީމަށް ކާމިޔާބު ނުކުރެއްވުމުގެ މައިގަނޑު ސަބަބަކަށްވީ ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތް ޑރ. ހަސަން ސައީދު ރަނިންމޭޓެއްގެ ގޮތުގައި ގޮވައިގެން ނިކުންނެވުން ކަމަށް ޖުމްހޫރީ ޕާޓީގައި އިސްކޮށް ހަރަކާތްތެެރިވެވަޑައިގަންނަވާ އަދި ގާސިމްގެ ވީމީޑިއާގެ ޑިރެކްޓަ ޖެނެރަލް އޮފް ޕޮލިޓިކަލް އެފެއާޒްގެ މަގާމުގައި ހުންނެވި މުހައްމަދު އިކްރާމް ވިދާޅުވެއްޖެ އެވެ.

ދިޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމްގައި ސާބިތު ދަރަނީގެ މައްސަލައެއް ވެސް ކޯޓްގައި އޮތް އިކްރާމް މިރޭ ވިދާޅުވީ ގާސިމްގެ ރަނިންމޭޓަކަށް ޑރ. ހަސަން ހަމަޖެއްސެވީ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަދި މިހާރު ޖޭޕީގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ރިޔާޒާއި މަނާ ހަތިޔާރު އެތެރެ ކުރުމާއި ގެންގުޅުނު ކަމުގެ ދައުވާ މިހާރު ދައުލަތުން އުފުލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ އެދިވަޑައިގަތުމަކަށް ކަމަށެވެ.

އަދި އެއީ 2013 ވަނަ އަހަރުގެ ރޯދަ މަހު ގާސިމްގެ ރިސޯޓެއްގައި އޮތް ރޯދަ ވީއްލުމުކަަށް ވަޑައިގެން ގާސިމް ލައްވައި އެ ދެ ބޭފުޅުން ކުރެއްވި ކަަމެއް ކަމަށް އިކްރާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާޒާއި ނާޒިމް އެކަން އެގޮތަށް ކުރެއްވީ ސީދާ ގާސިމަށް އިންތިހާބު ކާމިޔާބުވިޔަ ނުދެއްވަން ކަމަށެވެ. އަދި ގަސްތުގައި ގާސިމަށް އެ ބޭފުޅުން ދެއްވި ލަނޑެއް ކަމަށް އިކްރާމް ވިދާޅުވި އެވެ.

0_1423656714130915124947_62_news

އޭނާ އަދި ވިދާޅުވީ ފޭދު އަށް ނިސްބަތްވެވަޑައިގަންވާ އަދި އިންތިހާބަށް ފަހު ރާއްޖެ ދޫކުރައްވައި ފިއްލަވައިގެން އުޅުއްވާ ޑރ. ހަސަނަކީ އެއް އިރެއްގައި ވެސް ރައްޔިތުންގެ ލޯތްބާއީ ތާއީދު އޮތް ބޭފުޅެއް ނޫން ކަމަށެވެ.

އެކަން ނާޒިމާއި ރިޔާޒަށް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި އެހެންވެ ގާސިމްގެ ރަނިންމޭޓަކަށް ހައްދަވާނީ ޑރ. ހަސަން ކަމަށް ގާސިމް ލައްވައި އެއްބަސް ކުރުވުމަށް ފަހު، އެ ދޭ ބޭފުޅުން ރިޔާސީ އިންތިހާބުގައި ތާއީދު ކުރެއްވީ މިހާރު ވެރިކަން ކުރާ ޕީޕީއެމަށް ކަމަށް ވެސް އިކްރާމް ވިދާޅުވި އެވެ.